ނޫސްތަކުން އަބަދު އެއް ފޮޓޯ ބޭނުންކުރާތީ އެމްޕީ އިކްރާމް ކަންބޮޑުވުން ފާޅު ކޮށްފި

ރާއްޖޭގައި ހަބަރުތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްތަކުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ ޚަބަރުތައް ލިޔެފައި ހުންނައިރު އަބަދު އެއްފޮޓޯއެއް ބޭނުން ކޮށްފައ...

13 Nov 2021 | 17:42

ރާއްޖޭގައި ހަބަރުތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްތަކުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ ޚަބަރުތައް ލިޔެފައި ހުންނައިރު އަބަދު އެއްފޮޓޯއެއް ބޭނުން ކޮށްފައި ހުންނާތީވެ އިކްރާމް ކަންބޮވުން ފާޅު ކޮށްފިއެވެ.

އިކްރާމް އަކީ މަޖިލީހަށް އަލަށް އިންތިޚާބުވި ބޭފުޅެކެވެ. އެހެންކަމުން އިކްރާމްގެ މާގިނަ ފޮޓޯތައް ނޫސްވެރިންނަށް ލިބިފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ.

ވެރިކަން ކުރާ މައި ޕާޓީ އަށް ނިސްބަތްވެވަޑައިގެންނަވާ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް މިކަން ހާމަ ކޮށްފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އިކްރާމް ވިދާޅުވެފައި ވަނީ ނޫސްތަކުން އޭނަގެ ޚަބަރު ލިޔެފައި ހުންނައިރު އަބަދު އެއް ފޮޓޯ އެއް ބޭނުން ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެ އިތުރުން، އިތުރު އެހެން ފޮޓޯ ބޭނުންވާނަމަ ޑައިރެކްޓް މެސެޖް ކުރުމަށް އެދި ލައްވާފައި ވެއެވެ.

އިކްރާމް މި ފަހުން ފާހަގަ ވެގެން ގޮސްފައިވަނީ ތަފާތު ކަންކަމާއި ޝަކުވާ ކުރައްވާ ބޭފުޅެއްގެ ގޮތުގައި އެވެ.

އެގޮތުން ސާފް ޗެމްޕިއަންޝިޕް ކުރިޔަށް ދިޔަ އިރު ވީއައިޕީ ގޮނޑިބަރީގައި ދަނޑުގައި މެޗު ބަޕލަށް ނުތިބެވޭ މައްސަލައިގަ ޝަކުވާ ކުރެއްވި އެވެ. އަދި މެމްބަރުންނަށ ްލިބެން ޖެހޭ އިއްޒަތް ނުލިބޭ ކަމަށް ބުނެވެސް ޝަކުވާ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް