އައްޑޫ ސިޓީން މިއަދު 51 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މިއަދު ޕޮސިޓިވްވި 21 މީހުންނަކީ ހިތަދޫން ބަލި ޖެހުނު މީހުންނެވެ. ފޭދޫއިން 14 މީހުންނަށް ބަލި ޖެހުނު އިރު 12 މީހުންނަށް ބަލި ޖެހުނީ މީދޫންނެވެ.
ހުޅުދޫއިން އެކަކަށް ބަލި ޖެހުނު އިރު މަރަދޫން ދެމީހުން ޕޮސިޓިވްވި އެވެ. މީގެ އިތުރުން މަރަދޫފޭދޫންވެސް މީހަކު ޕޮސިޓިވްވެފައިވެ އެވެ.
އެކްޓިވް ކޭސްތަކަށް ބަލާއިރު ހިތަދޫގައި ކޯވިޑް ޖެހިފަ ތިބި 224 މީހުން ތިބި އިރު ފޭދޫގައި 63 މީހުން، މަރަދޫގައި 45 މީހުން، މީދޫގައި 43 މީހުން އެބަތިއްބެވެ. އަދި މަރަދޫފޭދޫގައި 11 މީހުން، ހުޅުދޫގައި ފަސް މީހުން ތިބި އިރު އެހެނިހެން ތަންތަނުގެ ގޮތުގައި ފާހަގަކޮށްފައިވާ ތަންތަނުގައިވެސް ކޯވިޑް ޖެހިފަ ތިބި ފަސް މީހަކު އެބަތިއްބެވެ
މީގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން ދަނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ. މި ހާތަނަށް އެ ސީޓީން ކޯވިޑް ޖެހުނު 10 މީހަކު ވަނީ މަރުވެފަ އެވެ.
އައްޑޫގެ ހުރިހާ ރަށެއްގައި ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮންނަތާ މިހާރުތިން މަސް ވަނީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް