ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ތަކުރާރުކޮށް އެއް ގޯސްތަކެއް ހެދުން ބަލައި ނުގަނެވޭނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގައި ކުރިޔަށްދާ ޕްރައިމް މިނިސްޓަރު މަހިންދްރަ ރާޖަޕަކްސާ ޓްރޮފީ މުބާރާތުގައި މިއަދު ރާއްޖެ ވަނީ 1-2 ން ބަންގްލަދޭޗް މެޗުން ބަލިވެފަ އެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީލަންކާ އާއި ކުޅެގެން 4-4 ން އެއްވަރުވީ އެވެ.
މިއަދު ހަވީރު ބަންގްލަދޭޝްއާއި ގުޅުނު މެޗަށް ފަހު މިނިސްޓަރު މަހުލޫފު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ. ރާއްޖޭގެ ކުޅުމާއި ބެހޭގޮތުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގެއަށް ވަޑައިގެންނަވަނީ ދެރަވެ ހުރެ ކަމަށެވެ.
އެއީ 18 އަހަރަށްފަހު ބަންގްލަދޭޝް އަތުން ގައުމު ބަލިވުމުން އެކަމުގެ ހިތާމައިގަ ކަމަށް ވިދާޅުވެފައިވެ އެވެ. މިނިސްޓަރު ވިދާޅުވީ ހަމަ އެއް ގޯސްތަކެއް އަބަދު ތަކުރާރުކުރުން ބަލައެއް ނުގަނެވޭނެ ކަމަށެވެ.
އެކަމަކު އަދިވެސް އުންމީދު ކުރައްވަނީ ފައިނަލާ ހަމައަށް ދަތުރުކުރެވި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ކަމަށް ވިދާޅުވި އެވެ.
https://twitter.com/AhmedMahloof/status/1459537365471424524
މިދިޔަ މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައިވެސް ރާއްޖޭގެ ގައުމީ ޓީމަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.
ލަންކާ މުބާރާތުގައި ރާއްޖެއަށް ކުރިޔަށް ދިއުމަށް އޮތް ހަމަ އެކަނި ފުރުސަތަކީ މިރޭ ސީޝެލްސް އާއި ސްރީލަންކާ މެޗުން ނިމޭ ގޮތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް