އުތުރާއި މެދުރާއްޖެތެރޭގެ މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓު ނެރެފި

އުތުރާއި މެދު ރާއްޖެތެރޭގެ މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ޔެލޯ އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ...

13 Nov 2021 | 13:55

އުތުރާއި މެދު ރާއްޖެތެރޭގެ މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ޔެލޯ އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އެލާޓު ނެރެފައިވަނީ މިއަދު ހަވީރު4:00 ގައި އެވެ.

މެޓް އޮފީހުން ބުނީ މިހާރުއެ ސަރަހައްދުގެ ރަށްތަކަށް އާންމު ގޮތެއްގައި ގަޑިއަކު25 މޭލާއި30 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހެމުންދާ ކަމަށެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައިދަވާނެ ކަމަށް ލަފާ ކުރާއިރު ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ.

މިހާރު ރާއްޖެ ސަރަހައްދުގެ ވަޔާއި ކަނޑުތައް ގަދަވެފައި މިވަނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. އެ ކޮޅިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ އައްސޭރި ފަށަށް އަރާފަ އެވެ.

މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް