އިންޑިއާ ރައީސްގެ ޕަދްމާ އެވޯޑަށްވުރެ މާމަތީ އެވޯޑެއް ލިބިިއްޖެ ކަމަށް ސޯނޫ ބުނެފި

ބޮލީވުޑްގެ ބަތަލް ސޯނޫ ސޫދަށް އިންޑިއާގެ ރައީސް ދެއްވާ ޕަދްމާ ޝްރީ އެވޯޑު ނުލިބުމަކީ މާ ހާސްވެ ދެރަވާ ކަމެއް ނޫން ކަމަށް އޭނާ ބުނެފި އެވެ. ސޯނޫއަށް އެ އެވޯޑު ނުލިބުމުން ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހ...

13 Nov 2021 | 13:26

ބޮލީވުޑްގެ ބަތަލް ސޯނޫ ސޫދަށް އިންޑިއާގެ ރައީސް ދެއްވާ ޕަދްމާ ޝްރީ އެވޯޑު ނުލިބުމަކީ މާ ހާސްވެ ދެރަވާ ކަމެއް ނޫން ކަމަށް އޭނާ ބުނެފި އެވެ.

ސޯނޫއަށް އެ އެވޯޑު ނުލިބުމުން ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފަޅު ކުރަމުންނެވެ. އެއީ މިދިޔަ ކޯވިޑްގެ ޕެންޑަމިކްގައިވެސް މީހާގެ އަތުގައި ހުރިހާ ފައިސާއެއް ހުސްވަންދެން ނިކަމެތިންނަށް ހޭދަ ކުރުމުގައި ސޯނޫ އަމިއްލައަށް ނުކުމެ އުޅެފައިވާތީ އެވެ.

އާންމުންގެ ޝަކުވާއާއި މެދު ދެކޭގޮތް ބެލުމަށް ސުވާލު ކުރުމުން ސޯނޫ ބުނީ އޭނާއަށް ޕަދްމާ އެވޯޑަށްވުރެ މާ މަތީ އެވޯޑެއް ލިބިފައިވާ ކަމަށެވެ. އެ އެވޯޑަކީ އާންމުންގެ ލޯބި ކަމަށް ބުންޏެވެ.

މީހުންގެ ލޯބި އޮތްވަރު ބުނެދެމުން ބުނީ އޭނާ ގޭ ދޮރުމަތީގައި އަބަދުވެސް ބައްދަލުކުރަން މީހުން ގޮސް ތިބޭ ކަމަށެވެ.

ސޯނޫ ބުނީ ޕެންޑަމިކްގައި އެ މަސައްކަތް ކުރީ އެވޯޑު ހޯދުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި ކުރިޔަށް އޮތްތާވެސް ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެކަމަކު އެ ވޯޑެއް ހޯދުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

ސޯނޫ މިގޮތަށް ވާހަކަދެއްކިޔަސް އޭނާއަށް އެ އެވޯޑު ނުދިނުން އޭނާއަށް މައްސަލައަކަށް ނުވާނެ ކަމަށް ގަބޫލު ކުރަން އެންމެންވެސް ދެކޮޅު ހަދައެވެ. އިންޑިއާ ނޫސްތަކުގައިވެސް ބުނެފައިވަނީ ސޯނޫ އެވޯޑު ނުލިބުމުން ދެރަވިކަން ނުދެއްކުމަށް ވާހަކައެއް ދައްކަނީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް