މަހިންދަ ރާޖަޕަކްސަ ޓްރޮފީ: ބަންގްލަދޭޝް އަތުން ބަލިވެ، ރާއްޖެ ނޭވާހޮޅިއަށް

ސްރީލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ނުވަތަ ފޯރ ނޭޝަންސް މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވެއްޖެ އެވެ. މިއަދު ހަވީރު ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރި މެޗު ނިމުނީ 2 ލަނޑު 1 ...

13 Nov 2021 | 12:56

ސްރީލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ނުވަތަ ފޯރ ނޭޝަންސް މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވެއްޖެ އެވެ.

މިއަދު ހަވީރު ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރި މެޗު ނިމުނީ 2 ލަނޑު 1 ލަނޑުން ބަންގްލަދޭޝް މޮޅުވެގެން ނެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ބަންގުލަދޭޝް ލީޑު ނެގީ ކެޕްޓަން ޖަމާލް ބުޔާން ޖަހއިދިން ގޯލުން ނެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރީ 33 ވަނަ މިނެޓުގައި މުހައްމަދު އުމައިރު ޖަހައިދިން ގޯލުން ނެވެ.

މިއީ 18 އަހަރަށްފަހު ބަންގްލަދޭޝްއިން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ.

މި ނަތީޖާގައި މެޗު ނިމެންދަނިކޮށް ބަންގުލަދޭޝްއިން އަލުން ލީޑު ނެގީ86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓޯޕޫ ބާމަން އެވެ.

މި ޕެނަލްޓީއަކީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ކީޕަރު ނާޖިހު، ބަންފގްލަދޭޝްގެ ޖުވެލް ރަނާއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

މި ނަތީޖާއާއެކު ރާއްޖެއަށް ފައިނަލުގެ ޖާގަ އެއްކޮށްހެން ބަންދުވެފައިވާ އިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް ނުކުންނާނީ އަންގާރު ދުވަހު ހަވީރު 3:30 ގަ އެވެ.

ރާއްޖެއަށް ފައިނަލަށް އޮތް ފުރުސަތު އެނގޭނީ މިރޭ ސީޝެލްސްއާއި ލަންކާ ކުޅޭ މެޗަށްފަހު އެވެ.

މިއަދުގެ މެޗުން ބަންގްލަދޭޝް މޮޅުވުމުން ދެމެޗުން ލިބުނު 4 ޕޮއިންޓާއެކު ބަންގްލަދޭޝް ވަނީ ތާވަލުގެ އެއްވަނައަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް