އިންޑިއާ އަސްކަރިއްޔާގެ75 ސިފައިން ރާއްޖޭގައި ގާއިމްވެ އެބަތި ބިކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށް އިދިކޮޅުން ގޮވާލި ނަމަވެސް އެ މިނިސްޓްރީން ކުރިން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި މައުލޫމާތު ހޯދުމުގެ ހައްގުގެ ދަށުން އެމައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން ހުށަހެޅުމުން ބުނެފައިވަނީ އެފަދަ މައުލޫމާތަކީ އެއްބަސްވުންތަކާއި ހިލާފު ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ރޭ ބޭއްވި ބައްދަލުވުމެއްގައި، ދިން ޕްރެޒެންޓޭޝަނެއްގައި ބުނެފައިވަނީ އެ 75 ސިފައިންނަކީ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ބަލަހައްޓައި އަދި ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ތިބޭ މީހުން ކަމަށެވެ. މައުލޫމާތާއި ގުޅޭގޮތުން ރޭ ކޮމިޓީގައި ސުވާޅު ކުރެއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
ޑިފެންސް މިނިސްޓްރީން ރޭ ބުނީ 25 މީހުންނަކީ ޑޯނިއާ ފްލައިޓަށް ހާއްސަ އިންޑިއާ ސިފައިން ކަމަށެވެ. އޭގެ ތެރޭގައި ތިން ޕައިލެޓުންނާއި، އެއް އޮބްޒާވަރުގެ އިތުރުން ދެން ތިބެނީ ސިވިލް އިންޖީނިއަރުންނާއި ޓެކްނީޝަނުން ކަމަށް މައުލޫމާތުދިނެވެ.
މީގެ އިތުރުން ލ. ކައްދޫގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ބަހައްޓަން 25 މީހުން އަދި އައްޑޫ ސިޓީގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ބަލަހައްޓަން 25 މީހުން ތިބޭ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް