ޗީފް އޮފް ޑިފެންސް ފޯސް ދުބާއީއަށް ފުރާ ވަޑައިގެންފި

ޗީފް އޮފް ޑިފެންސް ފޯސް ދުބާއީ މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިއަދު ދުބާއީ އަށް ފުރާ ވަޑައިގަންނަވައިފިއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅަކީ، ދުބާއީގައި އޮންނަ "ދުބާއީ އެއަރޝޯވ 2021" ގައި ބަ...

13 Nov 2021 | 10:32

ޗީފް އޮފް ޑިފެންސް ފޯސް ދުބާއީ މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިއަދު ދުބާއީ އަށް ފުރާ ވަޑައިގަންނަވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅަކީ، ދުބާއީގައި އޮންނަ "ދުބާއީ އެއަރޝޯވ 2021" ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުޅުގެ ދައުވަތު ދެއްވީ ޔޫއޭއީގެ ޗީފް އޮފް ސްޓާފް އޮފް ދަ އާމްޑް ފޯސަސް ލެފްޓިނަންޓް ޖެނެރަލް ހަމަދު މުޙައްމަދު ޘާނީ އަލްރުމައިތީ އެވެ.

މި ޝޯ އޮންނާނީ ނޮވެންބަރު 14 އިން 18 އަށެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕާސަނަލް ސަރވިސް (ޖޭ1) ގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނަންޓް ކާނަލް މުޙައްމަދު ފިރުދައުސްއާއި ބިޔުރޯ އޮފް ޗީފް އޮފް ޑިފެންސް ފޯސްގެ ސްޓާފް އޮފިސަރ، މޭޖަރ މުޙައްމަދު ޝިނާން ބައިވެރިވެވަޑައިގަންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް