ހއ. އަތޮޅުން ދ. އަތޮޅަށް މިއަދާއި މިރޭވެސް ކަނޑާއި ވައި ގަދަވާނެ

ހއ. އަތޮޅުން ދ. އަތޮޅަށް މިއަދާއި މިރޭވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މެޓް އޮފީހުން ވަނީ އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު...

13 Nov 2021 | 09:59

ހއ. އަތޮޅުން ދ. އަތޮޅަށް މިއަދާއި މިރޭވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފަ އެވެ. މިއަދު ހެނދުނު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

އެ މުއްދަތު މިހާރު ވަނީ މިރޭ 7:00 އާއި ހިސާބަށް އިތުރުކޮށްފަ އެވެ. މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދުގެ ކަނޑުތައް ގަދަވެ އާންމު ވައި ގަދަވާނެ ކަމަށެވެ.

އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ22 މޭލާއި27 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. އަދި ވިލާގަނޑުގައި45 މޭލަށް އެ ސަރަހައްދުގެ ރަށްތަކަށް ވައިގަދަވާނެ ކަމަށް ބުނެ އެވެ.

މިހާރު ރާއްޖެ ސަރަހައްދުގެ ވަޔާއި ކަނޑުތައް ގަދަވެފައި މިވަނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. އެ ކޮޅިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ އައްސޭރި ފަށަށް އަރާފަ އެވެ.

މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް