އުތުރުތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުމުގައިވާ ކަންކަމުގެ މަޢުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދިނުމަކީ ބޭނުން ތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާ ޕާސަން ކަމުގެ މަޤާމުގައި ވެސް ހުންނެވި ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫޓީއެފް އެއްބަސްވުމުގައިވާ ކަންކަމުގެ މަޢުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފު ކޮށް ދިނުމަކީ ބޭނުން ތެރި ކަމެއް ކަމުގައެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވެފައި ވަނީ ސަރުކާރުން ފޮރުވައިގެން ސިއްރުން ކަންކަން ކުރަން ނޫޅޭ ކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރިކަމެއް ކަމުގައެވެ.
https://twitter.com/HassanLatheef/status/1459415461364322306
ޔޫޓީއެފް އެއްބަސްވުމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެއްވުމަށް ހަސަން ލަތީފް ގޮވާލެއްވިއިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ސިފައިންގެ އިސްވެރިން ވަނީ ޔޫޓީއެފް އެއްބަސްވުމާ ގުޅޭ މައުލޫމާތުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި ހިއްސާކޮށްފަ އެވެ. އަދި އިތުރުން ހަސަން ލަތީފް އަކީ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރެކެވެ.
މީގެއިތުރުން ޔޫޓީއެފް އެއްބަސްވުން ރައްޔިތުންނަށް ހާމަ ކުރެއްވުމަށް ގޮވާލާ ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓަށް ރައްދުދެއްވާ އެމްޑީޕީގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު ވިދާޅުވީ ހަސަން ލަތީފް މަޖިލީހުގެ 241 ކޮމިޓީގެ މެންބަރަކަށް ހުންނަވާ ގާނޫނީ ޒިންމާ އަދާ ކުރެއްވުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ޔޫޓީއެފް އެއްބަސް ވުމުގެ ވާހަކަ ދެއްކުމަކީ ލަދުވެތި ވާ ކަމެއް ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް