މަރުވެފައިއޮތް ބޮޑު މަހެއް އައްޑު ސިޓީ ހިތަދޫއަށް ލައްގައިފި

މަރުވެފައިއޮތް ބޮޑު މަހެއް އައްޑޫ ސިޓީ ހިތަދޫއަށް ލައްގައިފި އެވެ. އެ ސިޓީން މައުލޫމާތު ދިން މިހާ ބުނީ މި މަހުގެ ބޮޑުމިނުގައި 40 ފޫޓަށް ވުރެ ބޮޑުވާނެ ކަމަށެވެ. އަދި މި މަސް ލައްގާފައިވަނީ ހިތަދޫގެ ހުޅ...

13 Nov 2021 | 09:47

މަރުވެފައިއޮތް ބޮޑު މަހެއް އައްޑޫ ސިޓީ ހިތަދޫއަށް ލައްގައިފި އެވެ.

އެ ސިޓީން މައުލޫމާތު ދިން މިހާ ބުނީ މި މަހުގެ ބޮޑުމިނުގައި 40 ފޫޓަށް ވުރެ ބޮޑުވާނެ ކަމަށެވެ. އަދި މި މަސް ލައްގާފައިވަނީ ހިތަދޫގެ ހުޅަނގު ފަރާތު ނޭޗަރ ޕާކާ ދިމާ ފުއްޓަރަށް ކަމަށެވެ.

"އެ މަސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ. މިއަދު ހެނދުނު އެ މަސް ލައްގާފަ އޮއްވާ ފެނުނީ." އޭނާ ބުންޏެވެ.

މި ފަދަ މަސްތައް ގިނައިން މަރުވެފައިވަނީ "ދާ ޖަހައިގެން" މަސް ހިފަން އުޅޭ ފަރާތްތަކުގެ ޝިކާރައަކަށްވެ، ލިބޭ އަނިޔާތަކުގެ ސަބަބުން ނެވެ.

ދާ ޖަހައިގެން މަސް ހިފާ މީހުންގެ ސަބަބުން އަހަރަކު އެތައް މިލިއަން މަސް މަހާމެހި ޚާއްސަކޮށް ބޮޑުމަސް މަރުވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް