ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފު (އެލީ) ގެ ދެ ވަނަ އިނގިރޭސިލަވައިގެ ޓްރެއިލާ ނެރެފި އެވެ.
އިއްޔެ ވަގުތެއްގައި ނެރުނު މި ޓްރެއިލާގައި އޭނާ އާއި އެކު ކޯޗު ޖޫލިއާވެސް ބައިވެރިވެ އެވެ. އެލީ މިފަހަރު ނެރުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ލަވައެއް ކަމަށްވާ ""ޗީޕް ތްރިލްސް"އެވެ.
އޮސްޓްރޭލިއާ އަށް އުފަން ލަވަކިޔުންތެރިޔާ ސިއާ, 2016 ވަނަ އަހަރު ރިލީޒްކުރި "ޗީޕް ތްރިލްސް" އަކީ ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވައެކެވެ.
ލަވައިގެ މިއުޒިކް އާއި ރިކޯޑިން ހަދާފައިވަނީ އަބްދުލް ބާސިތު (ބާޗީ)އެވެ. އެލީ ޓުވިޓާގައި ބުނެފައިވަނީ އެ ޓްރެއިލާ އާންމުންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
https://twitter.com/Laiba_Mahloof/status/1459148584629067778
އެލީގެ ފުރަތަމަ އިނގިރޭސި ލަވަޔަކީ 'ޑާންސް މަންކީ' އެވެ. އެ ލަވަ ނެރުނީ މިދިޔަ އޮގަސްޓު 31 ގައި އެވެ.
އެލީ ދަނީ ދިވެއްސާއި އިނގިރޭސި އަދި ހިންދީ ބަހުންވެސް ލަވަކިޔަމުންނެވެ. އަދި ވަރަށް ތީރިކޮށް އެލީ މަދަހަވެސް ކިޔަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް