ޕީޕީއެމަށް ވެރިކަން ލިބުނަސް އިންޑިއާ އާއި އެކު އެއްބަސްވުންތައް ހަދާނެ: ރޮޒެއިނާ

މާދާމާ ވެރިކަން ލިބުނަސް އިދިކޮޅު ޕީޕީއެމް އިން އިންޑިއާއާ އެކީގައި އެގްރީމެންޓްތައް ޤާއިމު ކުރާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ. އިންޑ...

13 Nov 2021 | 06:49

މާދާމާ ވެރިކަން ލިބުނަސް އިދިކޮޅު ޕީޕީއެމް އިން އިންޑިއާއާ އެކީގައި އެގްރީމެންޓްތައް ޤާއިމު ކުރާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާތީ ކަަމަށް ބުނެ އެމީހުން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް ގިނަ ކެމްޕޭންތަކެއް ހިންގަމުންދާ މި ދަނޑިވަޅުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދާމާ ވެރިކަން ލިބުނަސް ޕީޕީއެމް މީހުން ތިބޭނީ ހަމަ އަނެއްކާ އިންޑިއާ އާ އެކީގައި އިތުރު އެގްރީމެންޓްތައް ހަދައިގެން ކަމުގައެވެ.

ރޮޒެއިނާ ވިދާޅުވީ އުތުރު ތިލަ ފަޅުގެ އެއްބަސް ވުމަކީ ވެސް ކުރީގައި ޕީޕީއެމް ވެރިކަމުގައި ހެދި އެގްރީމެންޓެއް ކަމުގައެވެ. އަދި ރައްޔިތުންގެ ހިތުގައި އެކުވެރި ޤައުމުތަކާއި މެދު އުފަށްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމުގައެވެ.

މިހާތަަނަށް ސިޔާސީ ނުކޮށް އޮތް ހަމައެކަނި ކަމަކަށް އޮތީ ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ބޭރު ޤައުމުތަކާއި މެދު އޮންނަ ގުޅުން ކަމުގައި ފާހަގަ ކުރައްވާ އެންމެ ފަހުން ސަލާމަތީ ބާރުތަކާއި ބޭރު ޤައުމު ތަކާއި އޮންނަ ގުޅުން ސިޔާސީ ކުރަމުން ދާ ކަމުގައި ވިދާޅުވެ، ވެރިންނަށް ރަނގަޅަށް ހަޤީގަތް އެނގި ތިބެ ރައްޔިތުންނަށް އޮޅުވާލައިގެން ޤައުމުތަކާއި ރައްޔިތުންނާއި ޖެއްސުވުމަކީ ވަރަށް ދެރަވަރު ކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން އައި ފަހުން އަވަށްޓެރި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ގާތް ގުޅުންތަކެއް ޤާއިމު ކުރެވިފައި ވެއެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯނު އެހީގައި ގިނަ މަޝްރޫޢު ތަކެއް ކުރިއަށް އެބަގެންދެއެވެ. މީގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މަޝްރޫޢު ފާހަގަ ކޮށްލެވެއެވެ. އެ މަޝްރޫޢޫ އަކީ ވެސް އިންޑިއާގެ ބޮޑު އެހީތެރިކަމަކާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫޢު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް