ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުވައިފި އެވެ.
އެތަން ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހުމަދެވެ.
ފެން އަރުވާ ވަޑާން ހަދާފައިވަނީ ތަފާތު އެކި ކުލަތަކުން ދިއްލޭ ގޮތަށެވެ. މިިއީ ޖުމްހޫރީ މައިދާނުގައި ކުރިން ހުޅުވި ފެންއަރުވާ ވަޑާމެކޭ އެއްގޮތަށް މިއުޒިކަލް ފައުންޓެއިންއެކެވެ.
20021 އަކަފޫޓުގެ ފެންއަރުވާ ވަޑާމުގައި މިއުޒިކާއި ލައިޓާއޮ އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ހިނގާ އިރު 15 މީޓަރާއި ހަމައަށް ފެންގަނޑު ހިއްލޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.
މިތަން ހަދާފައި ވަނީ ސެންޓްރަލް ޕާކުގައި މިހާރު ނުހުޅުވައި އޮތް ބައިގަ އެވެ. އަލަށް ހުޅުވި ފެންއަރުވާ ވަޑާމާއި އެކު މިހާރުވެސް ހިތްގައިމު ސެންޓްރަލް ޕާކަށް ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްދީފަ އެވެ.
މި ފެންއަރުވާ ވަޑާން ހަދާފައިވަނީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ "އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް" އިންނެވެ. މި މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް