ޗައިނާގެ ރައީސް ޝީއާ އެމެރިކާގެ ރައީސް ބައިޑެން އޮންލައިންކޮށް ބައްދަލު ކުރައްވަނީ

ދެގައުމުގެ ދެމެދުގައި މަސްލަހަތު ގޯސްވަމުން ދަނިކޮށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައްދަލު ކުރައްވަން ހަމަޖެހިއްޖެ އެވެ. ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފަ...

13 Nov 2021 | 06:08

ދެގައުމުގެ ދެމެދުގައި މަސްލަހަތު ގޯސްވަމުން ދަނިކޮށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައްދަލު ކުރައްވަން ހަމަޖެހިއްޖެ އެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބައްދަލުވުން އަޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު ވާޗުއަލްކޮށް ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުވެސް ދެބޭފުޅުން އޮންލައިންކޮށް ބައްދަލު ކުރެއްވި އެވެ.

ވައިޓް ހައުސްއިން ބުނީ ހޯމަ ދުވަހު އޮންނަ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނީ އެންމެ ފަހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅުން ހުރި އިތުރު ކަންކަމާއި ގުޅޭގޮތުން ކަމަށެވެ. އޭގެ ތެރޭގައި ޗައިނާގެ ނިންމުންތަކާއި އަމަލު ކުރަމުންދާ ގޮތާއި މެދު އެމެރިކާއިން ދެކޭ ގޮތާއި އަމަލު ކުރާނެ ގޮތުގެ އިތުރުން އެމެރިކާގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރާނެ އެވެ.

މީގެ އިތުރުން މިހާޜު ހޫނުވަމުންދާ ޓައިވާން މަޝްރަހާއި ހޮންގްކޮންގެ މައްސަލައިގެ އިތުރުން ވިސާގެ މައްސަލަތަކާއި ގުޅޭގޮތުން ދެ ގައުމުގެ ވެރިން މަޝްވަރާ ކުރައްވާނެ އެވެ.

މި ބައްދަލުވުން ބާއްވަން ނިންމާފައި މިވަނީ އދ. ގެ ކްލައިމެޓް ސަމިޓުގައި ޗައިނާގެ ރައީސް ޝީ ބައިވެރިވެވަޑައި ނުގެންނެވުމުން ރައީސް ބައިޑަން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވަނިކޮށެވެ. އެއީ ޗައިނާއިން ކުރި ވަރަށް ބޮޑު ކުށެއްގެ ގޮތުގައި އެމެރިކާއިން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް