ވޯލްޑްކަޕް ކޮލިފައިން: އުރުގުއޭ އަތުން މޮޅުވެ އާޖެންޓީނާ ވެސް ކޮލިފައިވުމާ ގާތަށް ޖެހިލައިފި

ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ރޭ ފަތިހު އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް އާޖެންޓީނާ ޖެހިލައިފިއެވެ. ރަށުން ބޭރުގައި އުރ...

13 Nov 2021 | 04:19

ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ރޭ ފަތިހު އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް އާޖެންޓީނާ ޖެހިލައިފިއެވެ.

ރަށުން ބޭރުގައި އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މި މެޗުން އާޖެންޓީނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު އާޖެންޓީނާއިން ފަށާފައިވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ފުރަތަމަ އެގާރައިގައި ނުހިމަނައެވެ. މި މެޗުގައި މެސީ ކުޅެން އަރާފައިވަނީ ފަހު ހާފުގެ ފަހު ފަނަރަ މިނެޓުގެ ތެރޭގައެވެ.

އުރުގުއޭ އާއި އާޖެންޓީނާ ބައްދަލުކުރި މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ފެނިގެން ދިޔައިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕައުލޯ ޑިބާލާގެ އެހީތެރިކަމާއި އެކު އެންހެލް ޑި މާރިއާއެވެ.

އުރުގުއޭ އަތުން ހޯދި މި މޮޅާއި އެކު ވޯލްޑްކަޕަށް ކޮލިފައި ވުމަށް އާޖެންޓީނާއަށް ދެން ވޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. އަދި ކޮލިފައިންގައި ބާކީ ހަ މެޗު ކުޅެން އޮތްއިރު، އާޖެންޓީނާ މިވަގުތު އޮތީ ކޮލިފައިން ގުރޫޕުގެ ދެވަނައިގައި ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ.

ދެކުނު އެމެރިކާ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށް ވޯލްޑް ކަޕުން ފުރުސަތު ލިބޭއިރު، ކޮލިފައިންގެ އެއްވަނައިގައި އޮތް ބްރެޒިލް މިހާރު ވަނީ ވޯލްޑް ކަޕުގެ ޖާގައެއް ހޯދާފައެވެ. ފުރަތަމަ ޓީމުގެ ގޮތުގައި ބްރެޒިލް ވޯލްޑްކަޕުން ޖާގަ ހޯދިއިރު، އެޓީމު އޮތީ ގުރޫޕުގެ އެއްވަނާގައި ކުޅުނު 12 މެޗުން ލިބުނު 34 ޕޮއިންޓާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް