ވޯލްޑްކަޕް ކޮލިފައިން: އިންގްލެންޑް މޮޅުވެ ކޮލިފައި ވުމާއި ގާތަށް

ފީފާ ވޯލްޑް ކަޕު ޔޫރަޕް ކޮލިފައިންގައި ރޭ އަލްބޭނިއާ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ކޮލިފައި ވުމާއި ގާތަށް އިންގްލެންޑުން ޖެހިލައިފިއެވެ. ކޮލިފައިންގެ ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް މޮޅުވީ އަ...

13 Nov 2021 | 03:58

ފީފާ ވޯލްޑް ކަޕު ޔޫރަޕް ކޮލިފައިންގައި ރޭ އަލްބޭނިއާ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ކޮލިފައި ވުމާއި ގާތަށް އިންގްލެންޑުން ޖެހިލައިފިއެވެ.

ކޮލިފައިންގެ ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް މޮޅުވީ އަލްބޭނިއާ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އެ ޓީމަށް ދެން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ރޭގެ މި މޮޅާއި އެކު ގްރޫޕް އައިގެ އެއްވަނައިގައި އެ ޓީމު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ.

އަލްބޭނިއާ އާއި ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެޓީމުން ޖެހި ފަސް ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

މެޗު ފެށިގެން ވަރަށް ކުރީކޮޅު ހެރީ މެގުއާ ލަނޑެއް ޖަހާ އިންގްލެންޑަށް ލީޑު ނަގައިދިންއިރު، މެޗުގެ 18 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ އިންގްލެންޑުގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްފައެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި އިންގްލެންޑުގެ ތިންވަނަ ލަނޑު ހެންޑަސަން ކާމިޔާބު ކޮށްދިންއިރު، އިންގްލެންޑްގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ކާމިޔާބު ކުރީ ހެރީ ކޭންއެވެ. އޭނާ ވަނީ މި މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް