ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެބިދޭސީއަކު ހޯދުމަށް، އެ ދެ ބިދޭސީންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ސްރީލަންކާގެ ރައްޔިތެއްކަމަށްވާ އަޖިތު ކުރިޝަންތަ ރަނަތުންގަ މުޑަލިގެ (37އ) އާއި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ސަންދީޕް ދަނަންޗާޔާ (38އ) ކަމަށެވެ.
މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް