ސައިކަލު ތަކެއްގެ މަޑިތަކެއްގައި ކަޓަރު އެޅި މީހަކު ހޯދަން ވީޑިއޯއެއް އާންމު ކޮށްފި

ސައިކަލުތަކެއްގެ މަޑިތަކެއްގައި ކަޓަރު އެޅި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ. https://www.youtube.com/watch?v=E6RzOSOXgvY ފުލުހުން ބުނީ މަތީގައިވާ ވީޑިއޯ ފެންނަ ...

13 Nov 2017 | 07:50

ސައިކަލުތަކެއްގެ މަޑިތަކެއްގައި ކަޓަރު އެޅި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

https://www.youtube.com/watch?v=E6RzOSOXgvY

ފުލުހުން ބުނީ މަތީގައިވާ ވީޑިއޯ ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ސައިކަލުތަކުގެ މަޑީގައި ކަޓަރުއަޅާ ގެއްލުން ދީފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް