ރިޝްވަތު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ދައުލަތުން އެދިގެން ކެންސަލްކޮށްފި އެވެ.
މި އަޑުއެހުމަކީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ފާރިސް އަށް ކުރާ އެ ދައުވާގެ މިއަދު ހެނދުނު ބާއްވަން ހަމަޖައްސާފައި އޮތް އިބްތިދާއީ ޝަރީއަތުގެ އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް ތާވަލްކުރި އަޑުއެހުމެކެވެ.
މި އަޑުއެހުން ފަސްކޮށްދޭން ދައުލަތުން އެދުމުން، ކޯޓުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑުއެހުން ފަސްކޮށްދޭން ދައުލަތުން އެދުނީ އެ މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރާ ވަކީލާ ރާއްޖެ އިން ބޭރުގައި ހުރުމުންނެވެ.
މި ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިސް، މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ފާރިސް އަށް ގެއްލޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް