ސްމާޓްފޯންގެ ސަބަބުން ކުޑަކުދިންގެ ނިދި ހަރާބުވޭ !

ސްމާޓްފޯނުގެ ސަބަބުން ފުރާވަރު ކުދިންގެ އަދި ކުޑަކުދިންގެ ނިދި ހަރާބުވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއިން ހާމަވާގޮތުގައި ގިނަ ވަގުތު ސްކްރީންއަށް ބަލާ ކުދިންގެ ނިދާގަޑި ލަސްވެ، ނިދާ މިނ...

13 Nov 2017 | 04:58

ސްމާޓްފޯނުގެ ސަބަބުން ފުރާވަރު ކުދިންގެ އަދި ކުޑަކުދިންގެ ނިދި ހަރާބުވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއިން ހާމަވާގޮތުގައި ގިނަ ވަގުތު ސްކްރީންއަށް ބަލާ ކުދިންގެ ނިދާގަޑި ލަސްވެ، ނިދާ މިންވަރު މަދުވެ އަދި ނިދީގެ ފެންވަރު ދަށްވާން މެދުވެރިވެއެވެ. ސްމާޓްފޯންގެ ސްކްރީންއިން ފޮނުވާ ކުރު ވޭވްލެންތެއް ހުންނަ ނޫކުލައިގެ އަލީގެ ސަބަބުން ނިދިޖައްސަދޭ ހޯމޯން ކަމުގައިވާ މެލަޓޯނިން އުފެދޭ މިންވަރު ދަށްވާކަމަށް މި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ. އަދި މި އަލީގެ ސަބަބުން ފުރާވަރު އަދި ކުޑަކުދިންގެ ނިންޖަން ކުރާ ނޭދެވޭ އަސަރު ބޮޑަތި މީހުންގެ ނިންޖަށް ކުރާ ނޭދެވޭއަސަރަށްވުރެ ބޮޑުކަމަށް މި ދިރާސާއިން ދައްކައެވެ.

މީގެ ކުރިން ހެދި ދިރާސާއަކުން ދައްކާގޮތުގައި ސްމާޓްފޯންގެ އަލިން ފޮނުވާ ނޫކުލައިގެ އަލީގެ ސަބަބަބުން ކުޑަކުދިންގެ މެލަޓޯނިން ދަށްވާ މިންވަރު ބޮޑަތިމީހުންގެ މެލަޓޯނިން ދަށްވާ މިންވަރަށްވުރެ ދެގުނަ އިތުރެވެ. މިހެންވަނީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ލޯ ވަނީ ހެދިބޮޑުވަމުންދާ މަރުހަލާގައި ވާތީކަމުގައި މި ދިރާސާގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް