އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުން އަކީ ކުރު ފަލަ މީހެކޭ ނުބުނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ޓްރަމްޕް ވިދާޅުވެފައިވަނީ ޓްރަމްޕަކީ މުސްކުޅިއެއްކަމަށްބުނެ ކިމް، އޭނާ ލަދުގަންނަވާލަންވީ ސަބަބެއް ނުއެނގުނު ކަމަށާއި ކިމް އަކީ ކުރު ފަލަ މީހެއް ކަމުގައި ވިދާޅުވާން ޓްރަމްޕް ބޭނުން ނުވާ ކަމަށެވެ. އަދި ގަދަ އަޅާ މަސައްކަތް ކުރަނީ ކިމް އާ ރަހުމަތްތެރިކަން ބަދަހި ކުރަން ކަމަށާއި އަދި އެކަން ކޮންމެވެސް ދުވަހަކުން ކާމިޔާބު ވާނޭ ކަމުގެ އުންމީދު ކުރައްވާކަމުގައިވެސް ޓްރަމްޕްގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
މި ދެ ލީޑަރުންގެ ކޯޅުން އިންތިހާ މައްޗަށް ގޮސްފައިވާއިރު މީގެ ކުރިން ކިމް ވިދާޅުވެފައިވަނީ ޓްރަމްޕަކީ ގައިބާރު ދެރަވެ މުސްކުޅި ވަމުން އަންނަ މީހެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް