ސައުދީ ކަނބަލުންނަށް ވެހިކަލް ދުއްވަން ހިލޭ ދަސްކޮށްދޭން ޒުވާން ކަނބަލަކު އަތުކުރި އޮޅާލައިފި

ޒަމާން ތަކަކަށްފަހު ސައުދީ އަރަބިއްޔާގައި ވެހިކަލް ދުއްވުމުގެ ހުއްދަ ސައުދީ ކަނބަލުންނަށް ދީފައިވާއިރު ކަނބަލުންނަށް ވެހިކަލް ދުއްވަން ހިލޭ ދަސްކޮށްދޭން ސައުދީގެ ޒުވާން ކަނބަލަކު އަތުކުރި އޮޅާލައިފި އ...

12 Nov 2017 | 23:21

ޒަމާން ތަކަކަށްފަހު ސައުދީ އަރަބިއްޔާގައި ވެހިކަލް ދުއްވުމުގެ ހުއްދަ ސައުދީ ކަނބަލުންނަށް ދީފައިވާއިރު ކަނބަލުންނަށް ވެހިކަލް ދުއްވަން ހިލޭ ދަސްކޮށްދޭން ސައުދީގެ ޒުވާން ކަނބަލަކު އަތުކުރި އޮޅާލައިފި އެވެ. ނަމަކީ ނޫރާ އަލް ދޮސާރީ އެވެ.

މިކަމުގައި އިސްނަގާކަން އިއުލާނު ކުރަމުން ނޫރާ ބުނެފައިވަނީ އޭނާ ވެހިކަލް ދުއްވަން ދަސްކުރީ 2010 ވަނަ އަހަރު ބަހްރޭނުގައި ކަމަށާއި ސައުދީ ކަނބަލުންނަށް ދަސްކޮށްދިނުމުގެ ހިޔާލަކީ އާއިލާގެ ތެރެއިން ލިބުނު ހިޔާލެއް ކަމަށެވެ. ނޫރާ އަތުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޑްރައިވިން ލައިސަންސެއް އެބަ އޮތް ކަމުގައި އޭނާ ބުނެފައި ވެ އެވެ.

ނޫރާގެ މި އިސްނެގުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. އަދި މިހާރު 15 ކަނބަލަކު ނޫރާ ކައިރިން، ވެހިކަލް ދުއްވަން ދަސްކުރުމުގެ މަސައްކަތް ފަށާފައިވާކަމުގައި ނޫރާ ބުނެފައި ވެ އެވެ. އޭނާ ބުނެފައިވަނީ މިކަމުގައި ދުވާލަކު ފަސް ގަޑިއިރު ހޭދަ ކުރާ ކަމަށާއި މިކަމުގައި ބޭނުން ކުރަނީ އަމިއްލަ ކާރު ކަމަށެވެ.

ކަނބަލުންނަށް ވެހިކަލް ދުއްވަން ދަސްކޮށްދޭއިރު އެމަޖެންސީ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތާއި ޓްރެފިކް ގަވާއިދުތައްވެސް އެ ކަނބަލުންނަށް ކިޔާދެމުން އަންނަ ކަމުގައިވެސް ނޫރާ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް