އިރާނާއި އިރާގު ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި ދެމީހަކު މަރުވެފައިވާކަމުގައި އިރާނުގެ ގައުމީ ޓީވީން ބުނެފި އެވެ.
ރޭގެ ވަގުތެއްގައި އައި އެ ބިންހެލުމުގެ ބާރުމިނަކީ 7.2 މެގްނެޓިއުޑް ކަމުގައި ރެކޯޑް ކޮށްފައިވާއިރު ޔޫއެސް ޖެއޮލޮލޮޖިކަލް ސާވޭ އިންވެސް ވަނީ މި ބިންހެލުން އައިކަން ބައިނަލްއަގްވާމީ މީޑިއާއަށް ކަށަވަރު ކޮށްދީފަ އެވެ.
މި ބިންލެހުމާއި ގުޅިގެން އިރާގުގެ ހަލަބްޖާ ސިޓީއަށް އޮރެންޖް އެލާޓް ނެރެފައިވާއިރު އެ ސަރަހައްދުގެ ބައެއް ގެތައް ބިމާ ހަމަވެފައިވާކަމަށާއި ބޯޑަރު ސަރަހައްދުކައިރީގައި އުޅޭ ބައެއް އިރާނު ރައްޔިތުން އެމީހުންގެ ގެތައް ދޫކޮށް ގޮސްފައިވާކަމުގައިވެސް އިރާނުގެ ގައުމީ ޓީވީން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް