މިއީ ސޯޝަލް މީޑިއާގައި ފަތުއަޑު ކިޔާފައި ފެތުރެމުން އަންނަ ވީޑިއޯއެއްގެ ވާހަކަ އެވެ. މި ވީޑިއޯ އަކީ ވިއެޓްނާމުގެ ސެކިއުރިޓީ ފާމެއް ކަމުގައިވާ ބީކާވް ކޯރޕް އިން މިދިޔަ ބުރާސްފަތި ދުވަހު ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯ އެކެވެ.
މި ވީޑިއޯ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ މީޙުން ވިއު ކޮށްފައިވާއިރު ވީޑިއޯ އިން ފެންނަނީ މައުންޓް ކޮށްފައިވާ އައިފޯނު އެކްސްއެއްގެ ކުރިމަތީގައި 3ޑީ ޕްރިންޓެޑް ފޭސް އެއް ބަހައްޓައިގެން އައިފޯނު އެކްސް އެއް އަންލޮކް ކޮށްލާ މަންޒަރެވެ. 3ޑީކޮށް ޕްރިންޓް ކޮށްފައިވަނީ ވީޑިއޯ ހުށަހަޅައިދޭން ހުންނަ މީހާގެ މޫނެވެ.
ވީޑީއޯ ހުށަހަޅައިދޭ މީހާ ބުނަނީ އެޕަލް އައިފޯނު އެކްސްގެ ފޭސް އައިޑީ ފީޗަރ މާސްކެއް ބޭނުންކޮށްގެން އޮޅުވާނުލެވޭނެ ކަމަށް އެޕަލް އިން ބުނެފައިވާކަމަށާއި އެހެންކަމުން މި ވީޑިއޯއަކީ އެކަމުގެ އަޖުމަ ބެލުމަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ. އެއަށްފަހު ފޮތިގަނޑެއް އަޅާފައިވާ 3ޑީ ޕްރިންޓެޑް މާސްކުގެ މަތިން އޭނާ އެ ފޮތިގަނޑު ނަގަ އެވެ. އެއަށްފަހު އައިފޯނު އެކްސް އަންލޮކް ކޮށްލެވޭތޯ މަސައްކަތް ކުރެ އެވެ. އަދި އެ މާސްކު ބޭނުންކޮށްގެން އައިފޯނު އެކްސް އަންލޮކް ކުރެ އެވެ.
އެއަށްފަހު މި ވީޑިއޯ ހުށަހަޅައިދޭ މީހާ ބުނަނީ އެޕަލް އިން ބުނެފައިވާ މިންވަރަށް އައިފޯނު އެކްސްގެ މި ފީޗާ ރައްކާތެރި ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް