އެޕަލް އެންމެ ފަހުން ބާޒާރަށް ނެރުނު އައު އައިފޯނު އެކްސްގެ ސްޕީކަރު ބޭނުން ކުރުމުގައި އަޑުގަދަކޮށްލުމުން ޒާތެއްގެ އަޑެއް އިވޭ މައްސަލަ ފެންމަތިވެއްޖެ އެވެ.
މިކަން ފެންމަތިވެފައިވީނަމަވެސް މި މައްސަލަ އުޅޭ ކަމަށް އަދި ރިޕޯޓް ކޮށްފައިވަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. އިނގިލި ކުރިން ގުނާލެވޭހާ މަދު އަދަދެއްގެ ބައެކެވެ.
އެ ފަރާތްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ބާރަށް ލަވައެއް ޖަހާލިޔަސް އަދި ކޯލް ކޮށްގެން ހުރެ ވޮލިއުމް ގަދަކޮށްލިޔަސް އަދި އެލާމް ވާއިރުވެސް އައިފޯނު އެކްސްގެ ސްޕީކަރުން ޒާތެއްގެ ތޫލި އަޑެއް ކިޔާ ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.
މި ކަމާއި ބެހޭގޮތުން އެޕަލް ކުންފުނިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. މި މައްސަލަ ފެންމަތިވެފައިވާއިރު އައިފޯނު އެކްސްގެ ޑިސްޕްލޭގެ އެއް ފަރާތަކަށް ފެހި ރޮނގެއް އަރާ މައްސަލަވެސް ފެންމަތިވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް