މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލެއިން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރުކުރި ޓެކްސީއެއްގެ ޑިކީ ތެރެއިން ފެނިފައިވާ ގަނޑުކުރި ކުކުޅުތަކަކާއި، ޗިކަން ނަގެޓްސް އަދި ފިޔާ ތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
މި ތަކެތީގެ ވެރިފަރާތުން، ހުޅުމާލެ ފޭސް1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތެކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރުމަށް ހުޅުމާލެ ފޭސް1 ޕޮލިސް ސްޓޭޝަނުގެ ނަންބަރު9980062 ގުޅުމަށްވެސް ފުލުހުން ވަނީ އެދިފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް