ނޮވެލްޓީ ބުކް ޝޮޕްގެ ބުކް ފެއާގައި އެއް ޖިއްސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ މަންޒަރުތަކެއް ހިމެނޭ، ކުލަ ޖައްސާ ފޮތްތަކެއް ވިއްކި މައްސަލަ ބަލަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
މި މަހު ދިހަ ވަނަ ދުވަހު ފަށާފައިވާ ނޮވެލްޓީ ބުކް ފެއާގައި ވިއްކި ކުލަ ޖައްސާ ފޮތްތަކެއްގައި އެއްޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދޭ މަންޒަރު އަދި ލިޔުން ތަކެއް ހިމެނޭ ފޮތްތަކެއް ވިއްކާފައިވެއެވެ.
މި މައްސަލަ މިއަދު ސޯސަލް މީޑިއާގައި ހޫނުވެފައިވާ އިރު، ދުވަސް އިން މިކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކާއި ވާހަކަ ދެއްކުމުން ފުލުހުން ބުނީ މި މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
އަދި އަށް ފޮތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް