ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓްތަކަށް އިތުރު ގިނަ ފައިދާތަކެއް – ފައިސާގެ އިނާމުތަކެއްވެސް ހިމެނޭ

ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓަށް ހެޔޮ ބަދަލުތަކެއް ގެނެސް، ދިވެހި ރުފިޔާ އެކައުންޓްތަކަށް %3 ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް %3.5 ފައިދާ ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ....

13 Oct 2024 | 14:07

ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓަށް ހެޔޮ ބަދަލުތަކެއް ގެނެސް، ދިވެހި ރުފިޔާ އެކައުންޓްތަކަށް %3 ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް %3.5 ފައިދާ ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

މީގެ އިތުރުން، ބޭންކުން ވަނީ މިހާރު ހުޅުވާފައިވާ އަދި އަލަށް ހުޅުވާ ކިޑްސް ސޭވަރ އެކައުންޓްތަކަށް ހާއްސަކޮށް ބޮޑެތި އިނާމުތަކާއެކު އައު ޕްރޮމޯޝަނެއްވެސް ފަށައިފައެވެ.

  • ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ 5 ފަރާތަކަށް: ކޮންމެ އެކައުންޓަކަށް 10،000 ރުފިޔާ
  • ކޮންމެ އަހަރަކު ދެވޭ އިނާމު: އެކްޓިވް 20 އެކައުންޓަކަށް 2،500 ރުފިޔާ

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓްތަކުގެ ރޭޓްތަކަށް ބަދަލުގެނެސް ރަނގަޅު އިނާމުތަކާއެކު ޕްރޮމޯޝަނެއް ހިންގުމުގެ ބޭނުމަކީ މުސްތަގްބަލަށްޓަކައި ފައިސާ ރައްކާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް އޮތް ޖީލުތަކަށް ފައިސާ ރައްކާކުރުމާއި ހަރަދުކުރުމުގައި ގެންގުޅެންޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ ނުހަނު މުހިންމުކަމެއްކަމަށް އެ ބޭންކުން ގަބޫލުކުރާކަމަށެވެ.

"މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވަރ އެކައުންޓަކާއެކު، ބެލެނިވެރިންނަށް ހިލޭ ރީލޯޑްކުރެވޭ މާސްޓަރކާޑް ޕްރީޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ. މި ކާޑަށް ފައިސާ އަޅައި، ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް މި ކާޑު ބޭނުންކުރެވޭނެ. މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާއެކު ހަރަދުކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް." އޭނާ ބުނެފައިވެއެވެ.

އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވަރ އެކައުންޓްތަކަށްވެސް އަލަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ފައިދާގެ ރޭޓަށް އަމަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް