ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އަށް ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް 13 އޮކްޓޫބަރު 2024 ގައި މި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ.
ޑިވެލޮޕްމަންތް ބޭންކް އޮފް މޯލްޑިވްސް ބޭންކްއަކީ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ބޭންކްއެކެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުގައި އެ ބޭންކްގެ ޚިދުމަތް ފެށުމުން، އިޤްތިޞާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ތަޢާރަފު ވެގެންދާނެ ކަމަށް އެ އޮތޯރިޓީއިން ދެކެއެވެ.
އެ ބޭންކްގެ ޚިދުމަތް 12 އޮކްޓޫބަރު 2025 ގެ ނިޔަލަށް ފަށަން ޖެހޭ ގޮތަށްވެސް ނިންމާފައިވެއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުގައި އެ ބޭންކް ހުޅުވުމަކީ ދިވެހިރާއްޖޭގެ މަލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމުގައި އެމްއެމްއޭއިން ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް