ނޮވެލްޓީ ބުކް ފެއާއިން އެއް ޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ކުޑަކުދިންގެ ކުލަ ޖައްސާ ފޮތްތަކެއް ވިއްކަމުން ދާ ކަމަށް ތުހުމަތު ކޮށްފިއެވެ.
މިއަދު ސޯސަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނީ އެ ފޮތުގައި އެއް ޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ތަސްވީރުތަކަކާއި ލިޔުން ކޮޅެއް ހިމެނޭ ކަމަށެވެ. އަދި މި ފޮތް ވިއްކަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ނޮވެލްޓީ ބުކްޝޮޕްއިން މި މަހު10 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ހާއްސަ ބުކްފެއާއެއްގައި ޑިސްކައުންޓު އަގެއްގައި އެކި ކަހަލަ ފޮތްތައް ދަނީ ވިއްކަމުންނެވެ. މި ފެއާގައި185،000 ފޮތް ޑިސްޕްލޭ ކުރާނެ ކަމަށް އެ ބުކްޝޮޕްއިން ކުރިން ބުނެފައިވެއެވެ.
އޭގެތެރޭގައި ދީނީ، ސަގާފީ، ކުޑަކުދިންގެ ފޮތްތައްވެސް ހިމެނެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް އަދި ވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް