ހުޅުމާލެއިން 18 ބިމެއް ވިއްކަން އިއުލާން ކޮށްފި

ހުޅުމާލެއިން ބީލަމުގެ އުސޫލުން18 ބިމެއް ވިއްކަން އިއުލާން ކޮށްފިއެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ކުރި އިއުލާނުގައި16 ބިމެއް ބީލަމުގެ އުސޫލުން ވިއްކަން އިއުލާން ކުރި ނަމަ...

13 Oct 2024 | 10:31

ހުޅުމާލެއިން ބީލަމުގެ އުސޫލުން18 ބިމެއް ވިއްކަން އިއުލާން ކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ކުރި އިއުލާނުގައި16 ބިމެއް ބީލަމުގެ އުސޫލުން ވިއްކަން އިއުލާން ކުރި ނަމަވެސް މިއަދު ކުރި އިއުލާނެއްގައި އެ އިއުލާން އިސްލާހުކޮށް ވަނީ އިތުރުން18 ބިމެއް ހިމަނާފައިވެއެވެ.

ބީޗް ފްރޮންޓުން ދެ ބިމެއް ބީލަމުގެ އުސޫލުން ހުޅުވާލާފައިވާއިރު،16 ބިމެއް ހުޅުވާލާފައިވަނީ ބީޗް ސައިޑުންނެވެ.

ބީޗް ފްރޮންޓުން ހުޅުވާލި ބިމުގެ ބޮޑުމިނަކީ1،454.19 އަކަފޫޓު ބިމަކާއި1،261.36 އަކަފޫޓު ބިމެކެވެ. އަދި ބީޗް ސައިޓުން ހުޅުވާލާފައިވަނީ1316 އަކަފޫޓުގެ15 ބިމާއި1584 އަކަފޫޓުގެ އެއް ބިމެވެ.

މި ބީލަމަށް ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުން
  • 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން

ބީލަމުގެ އުސޫލުން ބިންތައް ދޫކުރުމަށް ހަމަޖެހުފައިވަނީ ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވެލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅައިގެންނާއި، އެއް ފަރާތައްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ އެ ބިމަކަށް ބިޑް ކޮށްގެންނެވެ.

އަދި ބިޑް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީގެ ބޮޑް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އިއުލާނުގައި ވެއެވެ. އަދި އެކަމަށް އެދޭ ފަރާތްތަކުން މި ޕޯޓަލްގައި ރަޖިސްޓްރީކުރުން ވެސް އެ އިއުލާނުގައިވެއެވެ.

އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ މެއި މަހުގެ ނުވަ ވަނަ ދުހެވެ.

އަދި މިކަމާއި ގުޅުން ހުރި އިތުރު މައުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ ހޮޓްލައިން1516 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް