މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި މިހާތަނަށް82 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއުިން އާއްމުކުރި މި އަަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި8.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރ މނަހުގެ ޒަކާތުގެ ގޮތުގައި ލިބުނީ އެންމެ2.8 މިލިއަން ރުފިޔާއެވެ.
އެ ރިޕޯޓުން ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ82 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައިި ލިބުނު70 މިލިއަން ރުފިޔާއަށް ވުރެން17.8 ޕަސެންޓު އިތުރު އަދަދު ތަކެކެވެ.
މުދަލުގެ ޒަކާތް ނެރުމަށް ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގެވެ. އެގޮތުން އެ މީގެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބު ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް