ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަން ޖެހޭ ލޯނެއް ނުދެއްކިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިޣެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ރަހުނުކޮށްފައިވާ ކޮޅުވެއްޓިއެއް ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސްއިން އިއުލާން ކޮށްފިއެވެ.
އެ ކޮޅުވެއްޓިއަކީ ރީކޯ މޫސަ އީސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ އުޅަނދެކެވެ. އެހެންނަމަވެސް އެ ކޮޅުވެއްޓި ރަޖިސްޓްރީކޮށްފައި އޮތީ ރީކޯގެ އެހެން ކުންފުންޏެއް ކަމަށްވާ ހެވީ ލޯޑް މޯލްޑިވްސްގެ ނަން މަތީއެވެ. ބީއެމްއެލްއަށް އެ ލޯނު ނުދައްކާތީ ސިވިލްކޯޓުން އެ ކޮޅުވެއްޓި ވިއްކާލުމަށް ހުކުމްކުރީ މިދިޔަ ޖުލައި މަހުގައެވެ.
ބީއެމްއެލްއިން މިކަން އިއުލާންކޮށް ބުނީ، އެ ކޮޅުވެއްޓި ގަތުމަށް ހުށަހަޅާ އެންމެ ދަށް އަގަކީ3.4 މިލިއަން ރުފިޔާ ކަމަށެވެ.
ހެވީލޯޑް ކުންފުންޏަކީ ތިލަފުށީގެ ބިން ހިއްކުމަށް ހަވާލުކުރި ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް