މި ހިނގާ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓް ހާމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.
އެގޮތުން މިނިސްޓްރީގެ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެ މިނިސްޓްރީން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މި ހިނގާ އޮކްޓޯބަރު މަސް ނިމުމުގެކު ރިން ލިސްޓު އިއުލާނު ކުރުމަށް ކުރަންޖެހޭ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
އެ ލިސްޓަކީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައިވަނިކޮށް އޭރު ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން ހާމަކުރި ލިސްޓެކެވެ. ނަމަ ވަވެސް އޭސީސީއިން އެ ލިސްޓް ހުއްޓުވައި އޭގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކު ތިބިކަން ފާހަގަކޮށްފައިވެއެވެ.
މިހާރު އަލުން ލިސްޓް މުރާޖައާކޮށް ލިސްޓު އެކުލަވާލުމުގެ މަސައްކަތް އެ ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް