ދުވަހުގެ މޫސުން: ރާއްޖެއަށް މޫސުން އަލިވާން ފަށައިފި !

ރާއްޖެއަށް މޫސުން އަލިވާން ފަށައިފިކަމަށް މެޓުން އެންމެ ފަހުން ހިއްސާކުރި މޫސުމީ ބުލެޓިން އިން ދައްކައިފިއެވެ. އެގޮތުން މިއަދު ހެނދުނު 10:00ގައި ރިވައިޒްޑްކޮށް އަލުން ޝާއިޢުކުރި މޫސުމީ ބުލެޓިންގައި ބު...

13 Oct 2024 | 05:40

ރާއްޖެއަށް މޫސުން އަލިވާން ފަށައިފިކަމަށް މެޓުން އެންމެ ފަހުން ހިއްސާކުރި މޫސުމީ ބުލެޓިން އިން ދައްކައިފިއެވެ.

އެގޮތުން މިއަދު ހެނދުނު 10:00ގައި ރިވައިޒްޑްކޮށް އަލުން ޝާއިޢުކުރި މޫސުމީ ބުލެޓިންގައި ބުނެފައިވަނީ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރުވެސް ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.

މެޓުން މިއަދު ރިވައިޒްޑް ބުލެޓިންއެއް ނެރެފައިވާއިރު ފަތިހު ނެރުނު މޫސުމީ ބުލެޓިންއާއި ހެނދުނު 10:00 ގައި ނެރުނު ބުލެޓިންގައި ބޮޑު ތަފާތުތަކެއް ފާހަގަކުރެވޭއިރު މިއާއެކު ރާއްޖެ ސަރަހައްދަށް މޫސުން އަލިވާން ފަށާފައިވާކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް