މަޖިލިސް ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވާގޮތުގައި މަޖިލިސް ރައީސް ޖެނީވާއަށް ފުރާވަޑައިގެންނެވީ އިންޓަ ޕާލަމަ...

13 Oct 2024 | 05:30

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވާގޮތުގައި މަޖިލިސް ރައީސް ޖެނީވާއަށް ފުރާވަޑައިގެންނެވީ އިންޓަ ޕާލަމަންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް ޖެނީވާއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

އައިޕީޔޫގެ 149 ވަނަ އެސެމްބްލީ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އައިޕީޔޫއަކީ 15 އެސޯސިއޭޓް މެންބަރު ގައުމާއި 180 މެންބަރު ގައުމު ހިމެނޭހެން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ޕާލަމަންޓޭރިއަނުންގެ ޖަމިއްޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް