އިންޑިއާގެ ޓީވީ ދާއިރާގައި ކޮންމެ އަހަރަކު ވެސް އޮންނަ އެންމެ ކުލަގަދަ އެއް ހަފްލާ ކަމަށްވާ ސްޓާ ޕަރީވާރް އެވޯޑްސް މިރޭ ސްޓަރ ޕްލަސް އިން ދައްކާނެ އެވެ. މި އެވޯޑް ހަފުލާއަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ހިންދީ ޗެނަލް ކަމަށްވާ ސްޓާ ޕްލަސްއިން ދައްކާ ސީރީޒްތަކުގެ މެދުގައި ދެވޭ އެވޯޑެކެވެ. ކޮންމެ އަހަރަކު ވެސް ގިނަ ބަޔެއްގެ ސަމާލުކަން މި ހަފުލާއަށް ލިބިގެން ދެއެވެ.
އެގޮތުން މިއަހަރުގެ އެވޯޑްސްގައި ވެސް އެ ޗެނަލްގެ ސީރީޒްތަކުގެ ތަރިންގެ އިތުރުން ޓީވީ ދާއިރާގެ މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދާނެ އެވެ.އޭގެ އިތުރުން ވެސް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބައެއް ތަރިންގެ ހުށައެޅުންތައް ވެސް ހަފްލާގެ ތެރެއިން ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
މި އަހަރުގެ އެވޯޑުތަކަށް ބަލާއިރު އެންމެ ގިނަ ކެޓަގަރީތަކަށް ނޮމިނޭޓް ވެފައިވަނީ 2009 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ"އާއި ޗާޓުތަކުގެ އެއްވަނަ ހޯދަމުން އަންނަ "އަނޫޕަމާ" އެވެ.
ސްޓާ ޕަރީވާރް އެވޯޑްސް މިރޭ 06:30 ގައި ދުރަށް ދައްކަން ފަށާއިރު އެ ޕްރޮގްރާމް މީޑިއާނެޓްގެ ކަސްޓަމަރުންނަށް ސްޓަރ ޕްލަސްއިން ފެންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް