ލޯންޗެއް ފަރަށް އުރި ހަތް މީހަކު ހޮސްޕިޓަލުގައި - އެކަކު ހޭނާރާ

ހއ. ވަށަފަރުން ފުރައިގެން ހއ. ދިއްދުއަށް ދަތުރުކުރި ކުޑަ ލޯންޗެއް ދިއްދޫ ނެރުމައްޗަށް އުރި، ދިޔަވެ، އޭގެން ދަތުރުކުރި ގިނަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަ ގެންދެއެވެ. ދުވަހަށް މައުލ...

13 Oct 2023 | 18:12

ހއ. ވަށަފަރުން ފުރައިގެން ހއ. ދިއްދުއަށް ދަތުރުކުރި ކުޑަ ލޯންޗެއް ދިއްދޫ ނެރުމައްޗަށް އުރި، ދިޔަވެ، އޭގެން ދަތުރުކުރި ގިނަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަ ގެންދެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެ ލޯންޗުން ދިހަވަރަކަށް މީހުން ދަތުރުކުރިކަމަށާއި ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"އެކަކު އަދި ހޭނާރާ" ކައުންސިލް ރައީށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ޑިންގީގައި ތިބީ މުޅިންވެސް ފިރިހެނުންނެވެ. ކުޑަ ކުއްޖަކު ނެތެވެ.

ފުލުހުން ބުނެފައިވަނީ ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރިގެން އުޅޭކަމަށް މިރޭ 7:30 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށެވެ.

"މި ހާދިސާގައި ލޯންޗުގައިތިބި މީހުންނަށް އެކިވަރުގެ އަނިޔާވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ހާދިސާއަށް ދިއްދޫ ރައްޔިތުން އެޓެންޑްވެ އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށު ރޫހެއްގައި މަސައްކަތްކޮށްފައިވެއެވެ. އަދި މިހާރު އެ ލޯންޗުވަނީ ފަޅުން ނަގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް