ފަލަސްތީނާއި އިސްރާއިލްގެ ހަނގުރާމައިގެ ހިޔަނި، ޗައިނާގެ މެދުއިރުމަތީ ގުޅުމަށް!

ޗައިނާއިން މެދުއިރުމަތީގެ ގައުމުތަކާއި ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތަށް، ފަލަސްތީނާއި އިސްރާއިލްގެ ހަނގުރާމައިގެ ހިޔަނި އެޅިދާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މެދުއިރުމަތީގެ މުހިންމ...

13 Oct 2023 | 17:13

ޗައިނާއިން މެދުއިރުމަތީގެ ގައުމުތަކާއި ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތަށް، ފަލަސްތީނާއި އިސްރާއިލްގެ ހަނގުރާމައިގެ ހިޔަނި އެޅިދާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މެދުއިރުމަތީގެ މުހިންމު ޑިޕްލޮމެޓިކް ބައިވެރިއަކަށް ވުމަށް ޗައިނާއިން އުއްމީދުކުރާ ކަމުގެ އިޝާރާތެއް މި އަހަރު ދީފައިވާއިރު، އިސްރާއީލާއި ޣައްޒާއަށް ކުރިމަތިވި ކާރިސާގެ ސަބަބުން އެ އުންމީދުގެ ލިމިޓްތައް ހާމަވާނެ ކަމުގެ ބިރު އެބައޮތެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ސައޫދީ-އީރާން އެއްބަސްވުމާ ގުޅިގެން ޗައިނާއިން ދިން ޖަވާބަކީ އެކަމުގެ ސަބަބުން ފާޑުކިޔުންތަކަށް ޖާގަ ލިބި، ސުލްހައިގެ ބްރޯކަރެއްގެ ހައިސިއްޔަތުން އެ ގައުމުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަކަށް ވަނީ ވެފައެވެ.

ސައޫދީ-އީރާން އެއްބަސްވުން ބްރޯކަރ ކުރުމަށްފަހު މެދުއިރުމަތީގައި ބެއިޖިންގްގެ ޕްރޮފައިލް މަތިވަމުންދާތީ ޗައިނާގެ މީޑިއާތަކުން ވަނީ އުފާފާޅުކޮށްފައެވެ. ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް ވަންގް ޔީ ވަނީ ދުނިޔޭގެ "ހޮޓްސްޕޮޓް މައްސަލަތައް" ހައްލުކުރުމުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް އެ ގައުމުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ނަމަވެސް އިސްލާމީ ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުން ގުޅިގެން ދިން ހަމަލާތަކުގައި އިސްރާއީލުގެ 900 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ޗައިނާގެ ރައްދު ވަނީ ހުއްޓިފަ އެވެ.

ހަމާސް ކުށްވެރިކޮށް، ހަމަނުޖެހުން ތައް ނައްތާލުމަށް ގޮވާލައި، މިނިވަން ފަލަސްތީނަކަށް "ދެ ދައުލަތުގެ ހައްލެއް" ހޯދުމަށް ވަކާލާތު ކުރުމުގެ ބަދަލުގައި ޗައިނާއިން ވަނީ ހަމާސް ކުށްވެރިކުރުން ހުއްޓާލައިފަ އެވެ. އެކަމާ ގުޅިގެން ޗައިނާގެ ލީޑަރު ޝީ ޖިންޕިން ހުންނެވީ ހިމޭނުންނެވެ.

ޗައިނާގެ ނިއުޓްރަލިޓީގެ ސަބަބުން އެމެރިކާ އާއި އިސްރާއީލުގެ އޮފިޝަލުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެކަމުގެ ސަބަބުން މި ސަރަހައްދުގައި ސުލްހައިގެ އަދުލުވެރި ބްރޯކަރެއް ކަމަށް ބެއިޖިންއިން ބުނަމުން އަންނަ ވާހަކަތަކަށް ބުރޫއަރާ ކަމަށް އެ އޮފިޝަލުން ދަނީ ބުނަމުންނެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޗައިނާގެ ޑިޕްލޮމެޓިކް ވިސްނުމަކީ ނުރައްކަލަށް ނުރައްކާވާ ކަމެއް ކަމަށާއި އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ޑިޕްލޮމެޓުންނަށް ގޮންޖެހުންބޮޑު ހާލަތެއް ކުރިމަތިވާ ކަމަށެވެ. މި ގޮންޖެހުން އިތުރަށް ގޯސްވެފައި ވަނީ ޗައިނާއިން ފަލަސްތީނަށް ތާރީހީ ތާއީދު ކުރުމާއި އެމެރިކާއާ އޮތް ވާދަވެރިކަމުގެ ސަބަބުންނެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވީ ފަލަސްތީނާއި އިސްރާއީލުގެ ހަމަނުޖެހުން ތައް އިތުރަށް ހޫނުވަމުންދާތީ ޗައިނާއިން ވަރަށް ބޮޑަށް ކަންބޮޑުވާކަން ސާފުކޮށް ދީފައިވާ ކަމަށާއި، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލައި، ހަނގުރާމަ ހުއްޓާލުމަށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރާ ކަމަށެވެ. މެދުއިރުމަތީގެ ސުލްހަ މަސަލަސްކަމަށް ޓަކައި ހުރިހާ ފަރާތްތަކާ މުއާމަލާތްކޮށް ކެނޑިނޭޅި މަސައްކަތް ކުރަން ޗައިނާ އޮތީ ތައްޔާރަށެވެ.

އިސްރާއީލާއި ޣައްޒާގެ މައްސަލައަކީ މެދުއިރުމަތީގައި ޗައިނާގެ ޑިޕްލޮމެޓިކް އުންމީދުތަކާއި، ސުލްހައާއި ހަމަޖެހުމަށް ޗައިނާއިން ކަނޑައަޅާފައިވާ ވައުދު ތައް ދަމަހައްޓައި، ހަލަބޮލި ސަރަޙައްދެއްގައި ދަތުރުކުރުމުގެ ޤާބިލުކަން ދައްކުވައިދޭ ލިޓްމަސް އިމްތިހާނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް