ފަލަސްޠީނަށް 294 މިލިއަން ޑޮލަރުގެ ކުއްލި އެހީދިނުމަށް އދއިން އިލްތިމާސްކޮށްފި

ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް 294 މިލިއަން ޑޮލަރުގެ ކުއްލި އެހީ ދިނުމަށް އދއިން ގޮވާލައިފިއެވެ. އދ.ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެ...

13 Oct 2023 | 16:51

ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް 294 މިލިއަން ޑޮލަރުގެ ކުއްލި އެހީ ދިނުމަށް އދއިން ގޮވާލައިފިއެވެ.

އދ.ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޯޕީޓީ (އޮކިއުޕައިޑް ފަލަސްތީން ޓެރިޓަރީ) ފްލޭޝް އެޕީލްގައި ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ 1،260،000 މީހުންގެ އެންމެ ޒަރޫރީ ބޭނުންތައް ހައްލުކުރުމަށް 77 ހިއުމެނިޓޭރިއަން ޕާޓްނަރުންނަށް ގާތްގަނޑަކަށް 294 މިލިއަން ޑޮލަރު ދިނުމަށް ގޮވާލާ ކަމަށެވެ.

މި އިސްތިއުނާފުގައި އދ.ގެ 13 އެޖެންސީއަކާއި ބައިނަލްއަގްވާމީ 29 އަމިއްލަ ޖަމިއްޔާ (އައިއެންޖީއޯ) އާއި 35 ގައުމީ އެންޖީއޯގެ އިތުރުން ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) ހިމެނޭ ގޮތަށް މި ސަރަހައްދުގެ އިންސާނީ މުޖުތަމައުގެ މަސައްކަތްތަކާއި ފަންޑުގެ ބޭނުންތައް އެއްތަނަކަށް ގެނެސްފައިވެ އެވެ.

"ޔޫއެންއާރުޑަބްލިއުއޭ (ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް) އަކީ އޯޕީޓީގައި ވަރަށް ހާއްސަ ދައުރެއް އަދާކުރާ އެޖެންސީއެއް ކަމަށާއި، ޣައްޒާގައި ރަޖިސްޓްރީކޮށްފައިވާ ފަލަސްތީނުގެ 1.5 މިލިއަން ރެފިއުޖީންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ މައި ސީދާ ހިދުމަތްތަކުގެ ގޮތުގައި މަސައްކަތް ކުރާ، ތައުލީމާއި ސިއްހަތާއި ރިލީފް އަދި އިޖުތިމާއީ ހިދުމަތްތަކާއި ހިމާޔަތް ކުރުމާއި ކޭމްޕް އިންފްރާސްޓްރަކްޗާ އަދި އިމްޕްރޫވްމަންޓް އެންޑް އިމަޖެންސީ އެސިސްޓެންސް ފޯރުކޮށްދޭ މައި ސީދާ ފަރާތުގެ ގޮތުގައި މަސައްކަތް ކުރާ ކަމަށް އޯސީއެޗްއޭ އިން ބުންޏެވެ.

ހުޅަނގު އައްސޭރީގައި ޔޫއެންއާރުޑަބްލިއުއޭ އިން 1.1 މިލިއަން ފަލަސްތީނު ރެފިއުޖީންނާއި އެހެނިހެން ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ހިދުމަތް ދޭ އިރު އޭގެ ތެރެއިން 890،000 މީހުންނަކީ ރެފިއުޖީން ކަމަށް އެ ބަޔާނުގައި ވެ އެވެ.

ހުކުރު ދުވަހު އޯސީއެޗްއޭ އިން ބުނީ ޣައްޒާގައި ހިނގަމުންދާ ވަރުގަދަ ހަނގުރާމަތަކުގެ ތެރޭގައި ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 423،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް