އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 1800 އިން މައްޗަށް ގޮސްފިއެވެ.
އެގޮތުން ފަލަސްތީނުގެ ގާޒާއިން މަރުވި މީހުންގެ އަދަދު 1799 އަށް އަރާފައިވާއިރު ހުޅަނގު އައްސޭރީގައި އިޒްރޭލު ރައްޔިތުން ވަޒަންވެރިކޮށްފައިވާ ސަރަހައްދުންވެސް ފަލަސްތީނުގެ 44 މީހަކު ވަނީ މަރުވެފައެވެ.
ހަމާސްއިންވެސް އަދިވެސް މަދުން ނަމަވެސް އިޒްރޭލަށް ހަމަލާތައް ދެމުން އަންނައިރު އަދި ލުބުނާނު ފަޅިންވެސް ކޮންމެވެސް ވަރަކަށް އިޒްރޭލަށް ހަމަލާތައް ދެމުން އަންނައިރު އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1300 އަށް އަރާފައެވެ.
ޒަހަމްވެފައިވާ އަދަދުތަކަށް ބަލާލާއިރު ފަލަސްތީނުން ޒަހަމްވެފައިވާ މީހުންގެ އަދަދު ހަތް ހާހުން މައްޗަށް ގޮސްފައިވާއިރު އިޒްރޭޅުން 3400 މީހަކު ވަނީ ޒަހަމްވެފައެވެ.
ހޮނިހިރު ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން ގާޒާއަށް ހުއްޓުމެއްނެތި ބޮން އަޅަމުން އަންނަނައިރު ގާޒާގެ ރައްޔިތުން މިއަދުން މިއަދަށް އުތުރާއި މެދު ދޫކޮށް ގާޒާގެ ރައްޔިތުން ގާޒާގެ ދެކުނު ބިތަށް، ރަފާ ބޯޑަރު ސަރަހައްދަށް ދިއުމަށް އިޒްރޭލުން ވަނީ އިންޒާރު ދީފައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެ އިންޒާރަކީ އެއްގަމު މަގުން އިޒްރޭލު ސިފައިން ގާޒާއަށް ވަދެގަތުމަށް ދިން އިންޒާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް