އުރުދުންގެ ރަސްގެފާނު ކިންގް އަބްދުﷲ II، އިޒްރޭލަށް އިންޒާރެއް ދެއްވައިފިއެވެ.
އުރުދުންގެ ރޯޔަލް ކޯޓުން ބުނެފައިވާގޮތުގައި މި އިންޒާރު ރަސްގެފާނު ދެއްވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން އާއިއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
އެ ކޯޓުން ބުނެފައިވާގޮތުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގެއް ހުޅުވައިދިނުމަށް އުރުދުންގެ ރަސްގެފާނު އެދިލެއްވިއެވެ.
"ފަލަސްތީނުގެ ބިމުން ފަލަސްތީނުގެ ރައްޔިތުން ވިއްސި ވިހާލިކޮށްނުލުމަށް ރަސްގެފާނު އިންޒާރު ދެއްވި" އުރުދުންގެ ރޯޔަލް ކޯޓުން ބުނެފައިވެއެވެ.
އުރުދުންގެ ރަސްގެފާނު މިފަދަ އިންޒާރެއް ދެއްވާފައިވާއިރު މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި 24 ގަޑިއިރުގެ ތެރޭގައި ގާޒާ ހުސްކުރުމަށް އިޒްރޭލުން ދިން އިންޒާރަކީ ގާޒާގެ ވަށައިގެންވާ މުސްލިމް ގައުމުތަކަށް ގާޒާގެ ރައްޔިތުން ވިއްސިވިހާލި ކޮށްލުމަށް ރޭވުމެއްގެ ދަށުން ދިން އިންޒާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް