އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ގާޒާގެ ރައްޔިތުން ކުރިއަށް 24 ގަޑިއިރުގެ ތެރޭގައި ގާޒާގެ ދެކުނު ބިތަށް ޖަމާވުމަށް އިޒްރޭލުން އިންޒާރު ދީފިއެވެ.
މި އިންޒާރު ދީފައިވަނީ ގާޒާގެ ގަޑިން ބަލާނަމަ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
ގާޒާގައި އޮންނަނީ މައިގަނޑު ފަސް ސަރަހައްދެކެވެ. އެއީ އުތުރު ގާޒާ، ގާޒާ ސިޓީ، ދެއިރް އެލް-ބަލާހް، ޚާން ޔޫނިސް އަދި ރަފާ ސަރަހައްދެވެ. އިޒްރޭލުން އިންޒާރު ދީފައިވަނީ ރަފާއަށް އެންމެން ޖަމާވުމަށެވެ. އެ ދިމާއިން އޮތީ ރަފާ ބޯޑަރެވެ. އެ ބޯޑަރަކީ މިސްރާއި ގުޅޭ ބޯޑަރެވެ.
އިޒްރޭލުން މި އިންޒާރު ދީފައިވާއިރު، ގާޒާގައި ކަރަންޓު ނެތުމާއި ފޯނު ނެޓްވޯކްތައް ހަލާކުވެފައިހުރުމުން އެ އިންޒާރުވެސް ގާޒާގެ ރައްޔިތުންނާއި ހަމައަށް ފޯރުމުގައި ދަތިތައް ހުރި އިރު އެންމެ 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 1.1 މިލިޔަން ރައްޔިތުން ހުސްކުރުމަކީ މުސްތަހީއްލު ކަމެއް ކަމުގައި އދ އިން ވެސް އަދި ކަމާބެހޭ އެހެން ފަރާތްތަކުންވެސް ބުނެފައިވެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި އިޒްރޭލުން ދިން އެ އިންޒާރަކީ 24 ގަޑިއިރު ފަހުން ބިމުގެ މަގުން ގާޒާއަށް ވަދެގަންނާނެކަމަށް ދިން އިންޒާރެވެ. އަދި އިޒްރޭލުން އެ މަސައްކަތް ކުރަނީ ގާޒާ އެއްކޮށް ހުސްކޮށްލައި އިޒްރޭލުން ގާޒާއަށް ވެރިވެގަނެ ރަފާ ބޯޑަރު ސަރަހައްދަށް ގާޒާގެ ރައްޔިތުން އެއްކޮށް އަދި ހަމަ އެހެންމެ ގާޒާގެ ރައްޔިތުން މިސްރަށް ފައްސާލަން ކަމުގައިވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަދަދުތަކުގެ އަދާހަމައަށް ބަލާލާއިރު ރޭގައި އެކަނިވެސް 750 ހަމަލާ ގާޒާއަށް އަމާޒު ކުރި ކަމުގައި އިޒްރޭލުން ބުނެއެވެ. އަދި މިދިޔަ ހޮނިހިރުން ފެށިގެން މިއަދާއި ހަމައަށް ގާތްގަނޑަކަށް ހަތް ހާހަށްވުރެ ގިނަ ހަމަލާ ގާޒާއަށް އަމާޒުކޮށްފައިވާނެކަމަށްވެސް އިޒްރޭލުން ބުނެއެވެ.
މި ހަނގުރާމައިގާ މިހާތަނަށް މަރުވި އަދަދުތަކަށް ބަލާލާއިރި ފަލަސްތީނުން 1500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ފަލަސްތީނުން ޒަހަމްވި މީހުންގެ އަދަދު އުޅެނީ ހަތް ހާހުން މަތީގައެވެ. އިޒްރޭލުން 1300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 3200 މީހަކު ޒަހަމްވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް