ބޭނުންވާ ތަކެތި
- 1 ކިލޯފުށް ބްރެޑް ފްލަރ
- 15 ގ. ލޮނު
- 15 ގ. އީސްޓް
- 50 ގ. ބަޓަރ
- 100 ގ. ހަކުރު
- 50 ގ.ހިކިކިރު
- 3 ބިސް
- 450 އެމެ. އެލް ފެން
- 500 ގ. ބަޓަރ ޝީޓް
- ޕީނަޓް ބަޓަރ ކްރީމް
ތައްޔާރު ކުރާނެ ގޮތް
ބަޓަރ ޝީޓް ފިޔަވައި ބާކީ ތަކެތި އެއްކޮށް މެޝިނުން ރަނގަޅަށް މޮޑެވެންދެން މޮޑެލާށެވެ.
ފުށްގަނޑު ކަވަރ ކޮށްފައި 3 ގަޑި ނުވަތަ 4 ގަޑި އިރު ވަންދެން ފްރިޖްގައި ބާއްވާށެވެ.
ފުށްގަނޑު ޝީޓެއްހެން ދިގަށް ދަމާލާށެވެ.
ބަޓަރޝީޓް ބާއްވާފައި 4 ފަރާތުން ފަށްޖަހާލާށެވެ.
އަނެއްފަހަރު ދިގަށް ދަމާލާފައި 3 ބަޔަށް ފަށްޖަހާލާށެވެ.
އަނެއްފަހަރު ދިގަށް ދަމާފައި އަނެއްކާވެސް 3 ބަޔަށް ފަށް ޖަހާށެވެ .
އެގޮތަށް ތިންފަށަލަށް ނުވަތަ 4 ފަށަލަށް ފަށްޖަހާފައި 3 ގަޑި އިރުވަންދެން ފްރިޖްގައި ބާއްވާށެވެ.
ފުށްގަނޑު ދަމާފައި ފުށްގަނޑުން ފުށް ކޮޅުތައް އެއްކޮޅަށް ފަލަކޮށް ދިގުކޮށް ފުށްކޮޅުތައް ކަނޑާފައި ޕީނަޓް ބަޓަރ ކްރީމް ކޮޅެއް ހާކާފައި ފަލަކޮޅުން އޮޅާލާށެވެ.
ރެސިޕީ: ޖުވޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް