ޕާކިސްތާނުގެ ކުރީގެ އާމީ ޗީފް އާއި ސްޕައިމާސްޓަރަށް އިސްލާމްއާބާދު ހައިކޯޓުން ނޯޓިސް ފޮނުވައިފި

ކުރީގެ އަސްކަރިއްޔާގެ ވެރިޔާ ކަމަރް ޖާވިދު ބަޖްވާ އާއި ކުރީގެ ސްޕައިމާސްޓާ ފާއިޒް ހާމިދުގެ އިތުރުން ދެ ނޫސްވެރިއަކަށް އިސްލާމްއާބާދު ހައި ކޯޓުގެ އިސް ފަނޑިޔާރު އާމިރު ފާރޫގު ނޯޓިސް ފޮނުވައިފި އެވެ. ކަ...

12 Oct 2023 | 19:13

ކުރީގެ އަސްކަރިއްޔާގެ ވެރިޔާ ކަމަރް ޖާވިދު ބަޖްވާ އާއި ކުރީގެ ސްޕައިމާސްޓާ ފާއިޒް ހާމިދުގެ އިތުރުން ދެ ނޫސްވެރިއަކަށް އިސްލާމްއާބާދު ހައި ކޯޓުގެ އިސް ފަނޑިޔާރު އާމިރު ފާރޫގު ނޯޓިސް ފޮނުވައިފި އެވެ.

ކަމާ ބެހޭ ރައްޔިތެއް ކަމަށްވާ އާތިފް އަލީ ހުށަހެޅުއްވި މި ޕެޓިޝަނުގައި އެދިފައި ވަނީ ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށެވެ.

އެއީ ކުރީގެ އަސްކަރީ އޮފިސަރުން ސިޔާސީ މައިދާނުގައި ބައިވެރިވާ ކަމުގެ ހަބަރުތަކާ ގުޅުން ހުރި ވާހަކަތަކެއް ކަމަށާއި އެ އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވަނީ ފަރުވާކުޑަކޮށް އަދި ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި އެކަމުގެ ސަބަބުން ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނާ ހިލާފުވެދާނެ ކަމަށް ބުނެފައިވެ އެވެ.

މައްސަލަ ހުށަހެޅި ފަރާތުން ވަނީ ކުރީގެ ސީއޯއޭއެސް އާއި އައިއެސްއައިގެ ކުރީގެ ވެރިޔާ އަދި ނޫސްވެރިންނާ ދެކޮޅަށް އެފްއައިއާރު ހުށަހެޅުމަށް ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީއަށް އެންގުމަށާއި ނޫސްވެރިން މަނާކުރުމަށް ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީއަށް އެންގުމަށް އެދިފަ އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ އައިއެޗްސީގެ ރަޖިސްޓްރާގެ އޮފީހުން މީގެ ކުރިން ހުށަހެޅި އިންޓަވިއުއަކާ ގުޅިގެން ހައި ކޯޓަކީ އެ މައްސަލައަށް އެކަށީގެންވާ ފޯރަމެއް ނޫން ކަމަށް ބުނެ އިއުތިރާޒު ކުރުމުންނެވެ.

ތަހުގީގީ އިދާރާއިން އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ހުރިހާ ފަރާތްތަކަކަށް ވެސް ނޯޓިސް ނެރުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް