އިންޑިއާ އާއި އިޓަލީއާ ދެމެދު ދިފާއީ ގުޅުން ބަދަހިކޮށްފި

އިންޑިއާ އާއި އިޓަލީއާ ދެމެދު ފުޅާދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކާއި އެއްބަސްވުންތަކާއެކު ދިފާއީ ގުޅުން ބަދަހިކޮށްފިއެވެ. އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އިޓަލީ އާއި ފަރަންސޭސިވިލާތ...

12 Oct 2023 | 19:07

އިންޑިއާ އާއި އިޓަލީއާ ދެމެދު ފުޅާދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކާއި އެއްބަސްވުންތަކާއެކު ދިފާއީ ގުޅުން ބަދަހިކޮށްފިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އިޓަލީ އާއި ފަރަންސޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ފުރަތަމަ ފިޔަވަހީގައި އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯއާ އެކު ރޯމްގައި ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މި މަޝްވަރާތަކުގެ މަޤްޞަދަކީ ދެޤައުމުގެ ދެމެދުގައި ދިފާޢީ ގުޅުން ބަދަހިކޮށް، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި، ތަމްރީނުދިނުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ޖޮއިންޓް މެރިޓައިމް އެކްސަސައިޒްތަކާއި، މެރިޓައިމް ސެކިއުރިޓީގެ އެކިކަންތައް ތަކާމެދު  މަޝްވަރާ ކުރެއްވުމެވެ.

އެގޮތުން ދެ ވަޒީރުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ދިފާއީ އަދި ސިނާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯދުމަށާއި، ދެ ގައުމުގެ ކޮމްޕްލިމެންޓްރީ ސްޓްރެންތްސް ބަލައިގަތުމަށެވެ.

އުފެއްދުންތެރި މަޝްވަރާތަކަށްފަހު ދެ ވަޒީރުން ވަނީ ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި މުހިންމު އެއްބަސްވުމުގެ ދަށުން ސަލާމަތީ އަދި ދިފާއީ ސިޔާސަތާއި ރިސާޗް އެންޑް ޑިވެލޮޕްމަންޓް (އާރްއެންޑްޑީ) އާއި އަސްކަރީ ތައުލީމާއި މެރިޓައިމް ޑޮމެއިން ހޭލުންތެރިކުރުވުމާއި ދިފާއީ މައުލޫމާތު ބަދަލުކުރުމާއި ސިނާއީ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ކޯ-ޑިވެލޮޕްމަންޓް، ކޯ-ޕްރޮޑަކްޝަން އަދި ޖޮއިންޓް ވެންޗަރތައް ޤާއިމުކުރުން ހިމެނެއެވެ.

ރަޖްނާތު ސިންގް އިޓަލީއަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ ވިލާ މެޑަމާގައި ބޭއްވި ރަސްމީ ގާޑް އޮފް އޮނަރ ރަސްމިއްޔާތަކުން ކަމަށާއި، މި ދަތުރުފުޅުގެ މުހިންމުކަމާއި އިންޑިއާ އާއި އިޓަލީއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށް އެ ނޫސް ބަޔާނުގައި ވެ އެވެ.

މި ދަތުރުފުޅުގައި އިންޑިއާ އާއި އިޓަލީގެ ދިފާއީ ގުޅުން ބަދަހިކޮށް ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވާ ކަމަށް އެ ނޫސް ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް