ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ 2022 ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަރގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ 2022 ވޮލީބޯލް ވާރލްޑް ބީޗް ޕްރޯ ޓުއަރ – މޯލްޑިވްސް ޗެލެންޖްގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ސޮއެކޮށްފިއެވެ. މިއީ އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވ...

13 Oct 2022 | 18:25

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ 2022 ވޮލީބޯލް ވާރލްޑް ބީޗް ޕްރޯ ޓުއަރ – މޯލްޑިވްސް ޗެލެންޖްގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ސޮއެކޮށްފިއެވެ.

މިއީ އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ) އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.

2022 ވަނަ އަހަރުގެ ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަރއަކީ ތިން ފަންތިއެއްގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ބީޗް ވޮލީ ސަރކިޓެކެވެ. މިގޮތުން މި މުބާރާތުގައި ފިއުޗަރ، ޗެލެންޖް އަދި އެލީޓް 16 ކެޓެގަރީއެއް ހިމެނެއެވެ. މިއަހަރު މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ އެކި ބައިތައްވަނީ މުޅި ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ބޭއްވުމަށް ހަމަޖެހިފައެވެ.

މި މުބާރާތުގެ ރާއްޖޭގެ އިވެންޓު ކުރިއަށްދާނީ 13 އިން 16 އޮކްޓޫބަރު 2022 ނިޔަލަށް ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ. ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 28 ގައުމަކުން 200 އަށް ވުރެ ގިނަ ކުޅުންތެރިން މި ގްލޯބަލް އިވެންޓުގައި ބައިވެރިވެއެވެ.

ދިވެހިރާއްޖޭގެ ވޮލީބޯލް އިތުރަށް ކުރިއެރުވުމަށާއި ރާއްޖޭގެ ވޮލީބޯލް ކުޅުންތެރިންނަށް އިތުރު ފުރުޞަތުތައް ލިބޭ މިފަދަ އިވެންޓުތަކަށް އެއްބާރުލުންދިނުމަކީ ދިރާގުން ވަރަށް ފަޚުރުވާކަމެއްކަމުގައި ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް