ވިގްނޭޝްގެ ދެމަފިރިން ސަރޮކޭޓް ކޮށްގެން ނަހަލާލަށް ދަރިން ހޯދިގޮތް އިންޑިއާގެ ގާނޫނާއި ހިލާފް!

އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު، އެކްޓަރު އަދި ޕްރޮޑިއުސަރު ވިގްނޭޝް ޝިވަން އާއި އަންހެނުން އަދި މަޝްހޫރު ތަރި ނަޔަންތަރާއަށް ސަރޮގޭޓު ކޮށްގެން އެއްމާބަނޑު ދެ ދަރިން ލިބުނު ވާހަކަ އިއުލާނު ކުރ...

13 Oct 2022 | 14:48

އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު، އެކްޓަރު އަދި ޕްރޮޑިއުސަރު ވިގްނޭޝް ޝިވަން އާއި އަންހެނުން އަދި މަޝްހޫރު ތަރި ނަޔަންތަރާއަށް ސަރޮގޭޓު ކޮށްގެން އެއްމާބަނޑު ދެ ދަރިން ލިބުނު ވާހަކަ އިއުލާނު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެ އިއުލާނާއި އެކު ސޯޝަލް މީޑިއާގައި ވަނީ ދެ ކުދިންގެ ފައިގައި ހިފައިގެން ދެމަފިރިން ތިބި ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އެ ޕޯސްޓުގައި ވިގްނޭޝް ބުނެފައިވަނީ ލިބުނީ ދެ ފިރިހެން ކުދިން ކަމަށެވެ.

ސައުތް އިންޑިއާގެ މަޝްހޫރު ދެ ތަރިންގެ މި އިއުލާނާއި އެކު އުފާވެރި ކަމަށްވުރެ މީހުންގެ ރުޅި ގަނޑު ފަޅައިގެން ގޮސް ފާޑުކިޔުންތައް ދަނީ އަމާޒު ކުރަމުންނެވެ. މައިގަނޑު ދެ ސަބަބަކާއި ހެދި އެވެ.

އެއްކަމަކީ ދެމީހުންގެ ކައިވެންޏަށް އަދިވީ ހަތަރު މަހެވެ. ދެމީހުން ސަރޮގޭޓު ކޮށްގެން ދަރިއަކު ހޯދި އިރު އެއީ ނަހަލާލު ދެ ކުދިންނެވެ. ދެ ވަނަ ކަމަކީ ސަރޮގޭޓްކޮށްގެން ދަރިން ހޯދުމަށް އިންޑިއާގައި ހަދާފައިވާ ގާނޫނާއި ދެމަފިރިން ހިލާފުމުވެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ވައިގަ ހިފައިގެން އުޅެނީ ގަނޫނާއި ހިލާފުވުމެވެ.

https://www.instagram.com/p/Cjfm3Gqv_Ti/

މި މައްސަލަ ބޮޑުވުމުން އެންމެ ފަހުން ދެމީހުން ނިސްބަތްވާ ޓަމިލް ނާޑޫ ސްޓޭޓް ސަރުކާރުން ވަނީ ވިގްނޭޝް އާއި ނަޔަންތަރާގެ ސަރޮގެސީގެ މައްސަލަ ބަލާނެ ކަން ހާމަކޮށްފަ އެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.

އިންޑިއާގެ ސަރޮގެސީ ގާނޫނު ބުނާގޮތުން ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދޭނީ ކައިވެންޏަށް ފަސް އަހަރު ވުމުން ދިރި ހުރި އެއްވެސް ދަރިއަކު ނެތް ދެމަފިރިން ނަށް ކަމަށެވެ. ދިރި ހުރި ދަރިއަކު ހުރި ނަމަ ހުންނަން ޖެހެނީ ނުކުޅެދުންތެރިކަން ހުރި ދަރިއެކެވެ.

ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އުމުރުގެ ބައިން ދެ މީހުން ޝަރުތު ހަމަވެ އެވެ. މި މައްސަލައިގަ އެ ދެމަފިރިން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ދެމީހުންގެ ސަޕޯޓަރުން ދަނީ އެމީހުންގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. ކައިވެންޏަށް ފަސް އަހަރު ނުވަނީސް އެމީހުން ސަރޮގެސީ ހެދުން ގާނޫނީ ކުށަކަށް ވާއިރު ހަމަ އެ ގާނޫނުގައި ހިމެނޭ ދިރި ހުރި ދަރިން ނެތް ކަމަށް ބުނާ މާއްދާއަށް ބަލަން ޖެހޭ ކަމަށް ބުންޏެވެ.

އެ މާއްދާއަށް ބަލާއިރު މިހާރު ބޮލީވުޑްގައި ސަރޮގެސީ ހަދައިގެން ދަރިން ހޯދަމުންދާ ގިނަ ތަރިންވެސް ގާނޫނާއި ހިލާފުވީ ކަމަށް ބުނެފައިވެ އެވެ.

ބޮލީވުޑް ތަރިންގެ ތެރެއިން ހަގު ދަރިފުޅު ސަރޮގޭޓް ކޮށްގެން ހޯދައިފާ މީހުންގެ ތެރޭގައި ޝާހްރުކް ހާން، ޝިލްޕާ ޝެޓީ ހިމެނެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް