ކުރީގެ އަނބިމީހާގެ ފޮޓޯ ފޯނުގަ ބައިންދައިގެން ބަލާކަށް ނުޖެހޭ: ޑރ. އިޔާޒް

ކުރީގެ އަނބިމީހާގެ ފޮޓޯ ފޯނުގައި ބައިންދައިގެން ބަލާކަށް ނުޖެހޭނެކަމަށާއި މިހާރު އެކަން ކުރުމުގެ ފުރުސަތު ނޯންނާނެކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. މަޝްހޫރު ދީނީ އިލްމުވެ...

13 Oct 2022 | 14:05

ކުރީގެ އަނބިމީހާގެ ފޮޓޯ ފޯނުގައި ބައިންދައިގެން ބަލާކަށް ނުޖެހޭނެކަމަށާއި މިހާރު އެކަން ކުރުމުގެ ފުރުސަތު ނޯންނާނެކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް މިހެން ވިދާޅުވީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕަށް މީހަކު ފޮނުވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސުވާލުކުރި މީހާ އަހާފައވަނީ ތިމާގެ ކުރީގެ އަނބިމީހާގެ ފޮޓޯ ފޯނުގަ ބައިންދައިގެން އޭނާ މަތިން ހަނދާންވުމުން ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެވެ. އަދި އެކަމުގެ ސަބަބުން މިހާރުގެ ދިރިއުޅުން ބަރުބާދުވާފަދަ ކަމެއް ކުރިމަތިވެދާނެތޯ؟ އެވެ.

ޖަވާބުގައި ޑރ. އިޔާޒްވެސް ފުރަތަމަ ކުރެއްވީ ސުވާލެކެވެ. އެގޮތުން ތިޔަހާ ލޯބިވާ އަންހެނަކު ވަރި ކުރީ ކީއްކުރަން ތޯ؟ އަހާފައިވެއެވެ. އެއަށްފަހު ޖަވާބު ދެއްވަމުން ވިދާޅުވީ ވަރިކޮށް އިއްދަ ހަމަވުމުން އެއީ ހިލޭ އަންހެނެއް ކަމަށާއި އޭނަގެ މަތިން ހަނދާންކޮށް ފޮޓޯއަށް ބަލަންވީ ވަގުތު ވަނީ ފާއިތުވެފައިކަމަށެވެ. އަދި މިހާރު އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް